ކ. މާލެ
|
17 ޖުލައި 2021 | ހޮނިހިރު 03:28
ރަށް ރަށަށް ދާ މީހުންގެ ކަރަންޓީނަށް އެންޓި ބޮޑީ ޓެސްޓު ހެދުން ކުރިއަށްދަނީ
ރަށް ރަށަށް ދާ މީހުންގެ ކަރަންޓީނަށް އެންޓި ބޮޑީ ޓެސްޓު ހެދުން ކުރިއަށްދަނީ
ރާއްޖެއެމްވީ
މާލޭގައި ސާމްޕަލް ނަގާ ސެންޓަރުތަކުގެ ވަގުތަށް ބަދ
ސޯޝަލް ސެންޓަރުގައި ސާމްޕަލް ނަގާ ވަގުތު އިތުރުކޮށްފި
 
ހުޅުމާލޭގެ ފްލޫ ކްލިނިކް އަދި ސާމްޕަލް ނަގާ ސެންޓަރ ވަގުތީ ގޮތުން ވަނީ ބަންދުކޮށްފައި
 
ސޯޝަލް ސެންޓަރުން ހެނދުނު 9ން ރޭގަނޑު 8 ޖެހުމާ ހަމައަށް ޚިދުމަތްދޭނެ

މާލޭގައި ސާމްޕަލް ނަގަމުން އަންނަ ސޯޝަލް ސެންޓަރުން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މާލެ ސަރަހައްދުގައި ފްލޫ ކްލިނިކްތަކުން ޚިދުމަތްދޭ ގަޑިތަކާއި ސާމްޕަލް ނަގާ ސެންޓަރުތަކުން ޚިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން ކުރިން ސޯޝަލް ސެންޓަރުން މެންދުރު 1 ން މެންދުރުފަހު 03:30ށް ޚިދުމަތްދެމުން ގެންދިޔަ ނަމަވެސް މިހާރު ވަނީ ހެނދުނު 9ން ރޭގަނޑު 8 ޖެހުމާ ހަމައަށް ޚިދުމަތްދިނުމަށް ގަޑިއަށް ބަދަލު ގެނެސްފައެވެ. އެޗްޕީއޭއިން ބުނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ހެނދުނު 9ން ރޭގަނޑު 8 ޖަހަންދެން ޚިދުމަތް ދެމުންދާނެ ކަމަށާއި ހުކުރު ދުވަހު މެންދުރު ފަހު 3:15ން ފެށިގެން ރޭގަނޑު 8 ޖެހުމާ ހަމައަށް ޚިދުމަތްދެމުންދާނެ ކަމަށެވެ.

މީގެއިތުރުން ހުޅުމާލޭގެ ފްލޫ ކްލިނިކް އަދި ސާމްޕަލް ނަގާ ސެންޓަރ ވަގުތީ ގޮތުން ބަންދުކޮށްފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. ވިލިމާލޭގައި ކޮންމެ ދުވަހަކު މެންދުރު 2:30ން ފެށިގެން ހަވީރު 4 ޖެހުމާ ހަމައަށް ސާމްޕަލް ނެގުމުގެ ކަންކަން ކުރިޔަށް ގެންދާނެއެވެ.

މީގެއިތުރުން ސެނެހިޔާއަށް ދައްކަން ބޭނުންވާ ފަރާތްތަކަށް ހޮނިހުރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ހެނދުނު 10ން ފެށިގެން ރޭގަނޑު 10ށް ޚިދުމަތްދެމުންގެންދާނެއެވެ. ހުކުރު ދުވަހު ސެނެހިޔާއިން ޚިދުމަތްދެމުންގެންދާނީ މެންދުރު 2ން ފެށިގެން ރޭގަނޑު 10ށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އީދު ބަންދާ ދިމާކޮށް ލިބޭ ބޮޑު ޗުއްޓީއަށް ދިން ލުއިތަކުގެ ތެރޭގައި ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންނަށް 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓަކާއެކު ރަށްރަށަށް ދަތުރުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިއާއެކު ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ޕީސީއާރު ޓެސްޓް ހައްދަމުންނެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19ގެ އަލާމާތްތައް ހުރެގެން ނަގާ ސާމްޕަލްތަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލްތައް ޓެސްޓުކުރުމަށް އިސްކަންދެވޭނެކަމަށެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭންފެށީ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ. އާންމު ގޮތެއްގައި ދުވާލެއްގެ މައްޗަށް ޓެސްޓް ކުރަމުން އައިސްފައިވަނީ 1000-5000 ދެމެދުގެ އަދަދެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް