ކ. މާލެ
|
16 ޖުލައި 2021 | ހުކުރު 23:47
ކޮވިޑް ވެކްސިން ޖަހަނީ- ރާއްޖޭގައި ވެކްސިނޭޝަން ޕްރޮގްރާމް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން
ކޮވިޑް ވެކްސިން ޖަހަނީ- ރާއްޖޭގައި ވެކްސިނޭޝަން ޕްރޮގްރާމް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން
ރޮއިޓަރސް
ކޮވިޑް-19 ވެކްސިން ޖެހުން
އިތުރު 4000 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފި
 
ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދު ވަނީ 255،280ށް އަރާފައި
 
މާލެ ސަރަޙައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 1671 މީހުން ހިމެނޭ
 
ރާއްޖެއިން އިތުރު 4048 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވޭ

ރާއްޖެއިން އިތުރު 4000ށް ވުރެ ގިނަ މީހުން ކޮވިޑް ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން އިތުރު 4048 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 1671 މީހުންނާއި، އަތޮޅު ތެރެއިން ވެކްސިން ޖަހާފައިވާ 2377 މީހުންނެވެ. އެއާއެކު ރާއްޖެއިން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދު ވަނީ 255،280ށް އަރާފައެވެ.

އޭގެ އިތުރުން، މާލެ ސަރަޙައްދުން އިތުރު 280 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އަތޮޅު ތެރެއިން 118 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. މި އަދަދުތަކާއެކު ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދު ވަނީ 320،457ށް އަރާފައެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި ސިނޮފަރމް ވެކްސިން އަދި ފައިޒަރ ވެކްސިނެވެ. މޭ މަހުގެ 2 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން މެދުކަނޑާލުމަށްފަހު އޭގެ ދެމަސް ފަހުން، ޖުލައި މަހުގެ 4 ވަނަ ދުވަހުން ފެށިގެން އަންނަނީ އެޕޮއިންޓްމަންޓް އުސޫލުން ދެ ވަނަ ޑޯޒް ޖަހަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް