ކ. މާލެ
|
16 ޖުލައި 2021 | ހުކުރު 22:23
ކޮވިޑް-19 އަށް ޕޮޒިޓިވްވެ އައިސޮލޭޝަނަށް ބަޔަކު ގެންދަނީ
ކޮވިޑް-19 އަށް ޕޮޒިޓިވްވެ އައިސޮލޭޝަނަށް ބަޔަކު ގެންދަނީ
ރާއްޖެއެމްވީ
ކޮވިޑް-19 އަދާހަމަ
މާލެއިން 18 ކޭހާއެކު ރާއްޖެއިން 114 މީހުން ޕޮޒިޓިވް
 
މިވަގުތު އެކްޓިވް ކޭހުގެ އަދަދަކީ 2578
 
މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 82 މީހަކު ހިމެނޭ
 
މާލެ ސަރަޙައްދުން ޕޮޒިޓިވްވި 18 މީހަކުވެސް ހިމެނޭ

ރާއްޖެއިން އިތުރު 114 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި 24 ގަޑިއިރު ރާއްޖެއިން އިތުރު 114 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 18 މީހަކުވެސް ހިމެނެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 82 މީހަކާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 9 މީހަކުވެސް ހިމެނެއެވެ.

މީގެ އިތުރުން، ހަދަމުންދާ ރަށްރަށުން ޕޮޒިޓިވްވި 5 މީހަކުވެސް އޭގެ ތެރޭގައި ހިމެނެއެވެ.

އެއާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 75،736ށް އަރާފައެވެ. އަދި މިވަގުތުގެ އެކްޓިވް ކޭހުގެ އަދަދަކީ 2578 އެވެ.

އޭގެ އިތުރުން، މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނީ 11 މީހަކަށް ކަމަށްވެސް އެޗްޕީއޭގެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ. ރާއްޖެއިން މިހާރު ފެންނަމުންދާ ކޭހުގެ އަދަދު ދަށްވެފައިވާއިރު، ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ވެސް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް