ކ. މާލެ
|
16 ޖުލައި 2021 | ހުކުރު 13:27
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރުމަށް ޖަމާއަތް ހަދައިގެން،
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރުމަށް ޖަމާއަތް ހަދައިގެން،
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
ޙައްޖަތުލް ވަދާޢުގައި އުއްމަތަށް ދެއްވި ޚުތުބާއިން ދިރިއުޅުމުގެ ކަންކަން ބިނާކުރަން ޖެހޭ
 
އިސްލާމީ އާއިލާ ރައްކައުތެރި ކުރުމަށް ގޮވާލައްވާފައިވޭ
 
މުޖުތަމައު ސަލާމަތްކުރުމަށް އަތުކުރި އޮޅައިލައި މަސައްކަތް ކުރަންޖެހޭ
 
އިސްލާމީ ރިސާލަތަކީ ބައިނަލް އަގުވާމީ ރިސާލަތެއް

ޙައްޖަތުލް ވަދާޢު ގައި ރަސޫލާمُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَއުއްމަތަށް ދެއްވި ޚުތުބާއިން ދިރިއުޅުމުގެ ކަންކަން ބިނާ ކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''ޚުތުބަތުލް ވަދާއުގެ ހިޔަލުގައި'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ޙައްޖަތުލް ވަދާޢުގެ ނަމުން ނަންދެވިފައިވާ މި ޚުތުބާގައި ﷲގެ ފޮތާއި އެކަލޭނގެފާނުގެ ސުންނަތުގައި ހިފެހެއްޓުމަށް އިސްލާމީ އުއްމަތަށް އަމުރު ކުރައްވާފައިވާ ކަމަށެވެ. މި ޚުތުބާގައި އިސްލާމް ދީނުގެ އުސޫލުތަކާއި އެ ދީނުގެ ގަވާއިދުތައް ބަޔާންކޮށް ދެއްވާފައިވާއިރު، އޭގެ މަތީގައި ބިނާ ކުރެވޭ އަހުލާގީ ގާނޫނުތަކުގެ އަސާސުތަކާއި އޭގެ މަތީގައި އާއިލާ ބިނާކުރެވޭ ތަނބުތަކުގެ ތަރަހަ ބަޔާންކުރައްވާފައިވާ ކަމަށެވެ.

މި ޚުތުބާގައި ޖާހިލިއްޔަ ޒަމާނުގެ ނުބައި އާދަކާދަތައް ވަޅުލައްވައި، އެއާދަކާދަތަކާ ދުރުހެލިވުމަށް އަމުރު ކުރެއްވި ކަމަށެވެ. އަދި ހަޔާތް ބާއްޖަވެރިކުރުމަށް ޙައްޖަތުލް ވަދާޢުގެ ޚުތުބާއިން އިބްރަތް ހާސިލްކުރުމަށް މިއަދުގެ ޚުތުބާގައި ގޮވާލާފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އިސްލާމީ ރިސާލަތަކީ ބައިނަލް އަގުވާމީ ރިސާލަތެއް ކަމަށާއި، މާތް ﷲ މި ރިސާލަތު ބާވައިލެއްވީ، ހުރިހާ ގައުމުތަކަކަށާއި، ހުރިހާ އުއްމަތްތަކެއްގެ ހެވާއި ލާބައަށް ޓަކައި ކަމަށެވެ. އެހެންކަމުން މި އެއްބައިވަންތަކަން ހިތް މައްޗަށް ގެނެސް، މުޖުތަމައުގެ ސަލާމަތްކުރުމަށް އަތުކުރި އޮޅައިލައި މަސައްކަތް ކުރަންޖެހޭ ކަމަށާއި، ވަޠަނުގެ އަމްނާއި، ސަލާމަތާއި، ހަމަޖެހުމަށް ޓަކައި މަސައްކަތްކުރުމަށް އަޒްމު ކަނޑައަޅަންޖެހޭ ކަމަށެވެ. ޚުތުބާގައި ބުނީ ނަބަވީ އިރުޝާދުން ހޭލުންތެރިކަން ލިބިގެން ނަފްސުތައް ރައްކާތެރިކުރުމަށް ތެދުވަން ޖެހޭ ކަމަށާއި، މުޖްތަމައުއާއި، ވަތަނުގެ ހިމާޔަތުގައި އަތާއި އަތް ޖޯޑު ކުރަންޖެހޭ ކަމަށެވެ. ރަސޫލާގެ އުންމަތުގެ މީހުން ވާން ޖެހޭނީ، ބިނާކުރަނިވި މީހުންނަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީސްތަކުންގެ ފުރާނަތަކާއި، މުދަލުގެ ހުރްމަތްތެރި ކަމަށް ޚުތުބަތުލް ވަދާއުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ކީރިތި ރަސޫލާ ހަދީސްކުރައްވާފައިވެއެވެ މާނައީ: "އެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ މި ދުވަހާއި، ތިޔަބައިމީހުންގެ މި މަހާއި، ތިޔަބައިމީހުންގެ މި ރަށް، ޙުރްމަތްތެރި ކުރައްވާފައިވާ ފަދައިން، ތިޔަބައިމީހުންގެ ލެއާއި، ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މައްޗަށް، ޙުރްމަތްތެރި ވެގެން ވެއެވެ.
ޚުތުބާ

ދިރިއުޅުމުގެ ހައްގާއި މިލްކުވެރިކަމުގެ ހައްގަކީ އިންސާނާގެ އަސާސީ އެންމެ މުހިއްމު ދެ ހައްގު ކަމަށް އިންސާނީ ހައްގުތަކުގެ މޭސްތިރީން ބުނާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އިންސާނީ ހައްގުތަކަށް ގޮވައިލާ މީހުންގެ މާކުރިން، އިސްލާމް ދީނުގެ ނަބިއްޔާ މުޅި ދުނިޔެއަށް މިކަން އިއުލާން ކުރައްވާފައިވާ ކަމަށެވެ. ޚުތުބާގައި ބުނީ އިސްލާމް ދީނުގައި، މި ދެ ހައްގު ހޯދައިދީފައިވަނީ ހަމަ އެކަނި މުސްލިމުންނަކަށް ނޫން ކަމަށާއި، ކޮންމެ އިންސާނަކަށް ވެސް، މިހައްގުތައް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް މިއަދު އެމީހުންގެ އަމިއްލަ ވަތަނުގައި ދިރިއުޅުމުގެ ހައްގުން މަހުރޫމުވެފައިވާ ފަލަސްޠީނުގެ އެތައް މިލިއަން މީހުން ތިބިކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ދެމަފިރިންގެ ހައްގުތަކަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ ޙައްޖަތުލް ވަދާޢު ގައި ރަސޫލުﷲصَلَّى اللهُ عَلَيْهِ وَسَلَّمَގެ އިސްލާމީ އާއިލާ ރައްކާތެރި ކުރުމަށް ގޮވާލައްވާފައިވާ ކަމަށެވެ. ދެމަފިރިންގެ ހައްގުތައް ބަޔާންކޮށް ދެއްވާފައިވާ ކަމަށާއި، ދެމަފިރިންގެ ދެމެދުގައި އޮންނަން ޖެހޭ ގުޅިފައިވާ އަދަބުތައް ކުރައްސަވައި ދެއްވި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ. މާނައީ: "ތިޔަބައިމީހުންގެ އަނބީންނާ މެދު ތިޔަބައިމީހުން މާތްﷲ އަށް ތަޤްވާވެރިވާށެވެ! ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން އެކަނބަލުން ލިބިގެންފައި ވަނީ، މާތްﷲ ގެ އަމާނަތެއްގެ ގޮތުގައެވެ. އެކަނބަލުންގެ ކިބައިން އަރާމު ޙާޞިލުކުރުން ހުއްދަކޮށްގެންފައި ތިޔަ ވަނީ، މާތްﷲ ގެ ކަލިމަފުޅުގެ މަތިންނެވެ.
ޚުތުބާ

ޚުތުބާގައި ބުނީ އަންހެނުންނަށް ގޯނާކުރުމާއި، އަނިޔާ ވެރިވުމާއި، ގަދަރު ވައްޓައިލުމާއި، އިޙްތިރާމު ކުޑަ ކުރުމަކީ އިސްލާމް ދީން މަނާކުރާ ކަންތައްތައް ކަމަށެވެ. އެހެނީ އަމާނަތަކީ އޭގެ ވެރިފަރާތާ ހަވާލު ކުރަން ޖެހޭނެ އެއްޗެއް ކަމަށާއި، އެއަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެކަމަށް ޖާމިނުވާން ޖެހޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެ ކަނބަލުން ރިވެތި ގޮތުގައި ފޯރުކޮށްދޭންވާނެކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. ޚުތުބާގައި ބުނީ އެކަނބަލުންނަށް ލިބިގެންވާ ހައްގުތައް، ލޯތްބާއި، ކުލުނާއެކު ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ދަރީންނަށް ރަނގަޅު ތަރުބިޔަތާއެކު ހެޔޮ ލަފާ ޖީލެއް ބިނާ ކުރެވޭނީ، ދެމަފިރިން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ، އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ: ޚުތުބާ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
މިގައުމުގައި ހެޔޮލަފާ މުޖްތަމައެއް ބިނާކުރުމަށް މިވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައި: ޚުތުބާ
ފުރިހަމަ މުއުމިނަކު ދުވަހަކުވެސް އަޅުކަންކުރުމަށް އަލްވަދާއު ނުކިޔާނެ - ހުކުރު ހުތުބާ
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ރަމަޟާން މަހު ހަޔާތަށް ބޮޑުބަދަލެއް ގެނައުމަށް މަސައްކަތް ކުރަންޖެހޭ، ދެވަނަ ފަހަރަށް މިފަދަ ފުރުސަތެއް ނުލިބިދާނެ: ޚުތުބާ
"ރޯދައިގެ އެންމެ މުހިންމު ހިކުމަތަކީ ސިއްރާއި ފާޅުގައި ތިމާކުރާ އަމަލުތައް ﷲ ބައްލަވާވޮޑިގެންވާކަން ދެނެގަނެ، ނަފްސު ތަހުޛީބުކުރުން"
ރަމަޟާން މަހަށް މަރުޙަބާ ކިޔަންވީ ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗަށް އިސްކަންދީގެނެއް ނޫން: ޚުތުބާ