ކ. މާލެ
|
16 ޖުލައި 2021 | ހުކުރު 12:07
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު،
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު،
ރާއްޖެ އެމްވީ
ދަފްތަރުން އުނިކުރުން
ސަރުކާރުގެ މަޝްރޫއަކުން ގެދޮރު ލިބިފައިވާނަމަ ދަފްތަރުން އުނިކުރަނީ
 
"މައިމުޅަ" ވެފައިވާ ފަރާތްތައް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނަން
 
މިހާރު ދަފްތަރުގައި ޖެހިފައި ތިބި މީހުންނާއި، މާލޭގެ ރައްޔިތުންނަށް ވެސް އިންސާފު ލިބިގެންދާނީ އޭރުން

ސަރުކާރުގެ ގެދޮރުވެރިކަމު އެއްވެސް މަޝްރޫއަކުން މިހާތަނަށް ގެދޮރު ލިބިފައިވާނަމަ އެމީހަކު މާލޭ ދަފްތަރުން އުނިކުރަން ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ ސީޓީގެ ދަފްތަރުގައި ޖެހުމުގެ އެންމެހައި ކަންކަން މިވަގުތަށް މެދުކަނޑާލާފައިވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ ސަރުކާރުގެ އެއްވެސް މަޝްރޫއަކުން މިހާތަނަށް ގެދޮރު ލިބިފައިވާނަމަ އެމީހަކު ދަފްތަރުން އުނިކުރުމަށް ނިންމާފައިވާ ކަމަށެވެ. މިނިންމުމަށް އިޝާރާތްކުރައްވައި މުއިއްޒު ވިދާޅުވީ މިހާރު ދަފްތަރުގައި ޖެހިފައި ތިބި މީހުންނާއި، މާލޭގެ ރައްޔިތުންނަށް ވެސް އިންސާފު ލިބިގެންދާނީ އޭރުން ކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަން ހޯދައިދިނުމަށް މާލޭ ސިޓީގެ ރައްޔިތުންގެ ތެރެއިން "މައިމުޅަ" ވެފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެފަދަ ފަރާތްތަކަށް އިންސާފު ހޯދައިދޭނެ ކަަމަށާއި، އެ ފަރާތްތަކަށް ގެދޮރު ހޯދައިދިނުމަށް ޚާއްސަ ގޮތްތަކެއް ކަނޑައަޅާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"މައިމުޅަ" ވުމަކީ އަންހެން ދަރީގެ ދަރީންނަށް ވާރުތަމުދަލުން ނުލިބޭ ހާލަތް ދިމާވުމެވެ. އެގޮތަށް ދިމާވަނީ މައިންބަފައިން ދުނިޔޭގައި ތިއްބައި އަންހެންދަރި ނިޔާވުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
100%
0%
ކޮމެންޓް
ގުޅުންހުރި