ކ. މާލެ
|
16 ޖުލައި 2021 | ހުކުރު 08:57
ހުޅުމާލެ ސަހަރާ
ހުޅުމާލެ ސަހަރާ
ރާއްޖެއެމްވީ
ކޮވިޑްގައި މީހަކު ނިޔާވުން
ކޮވިޑްގައި 49 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެ، ޖުމުލަ 216ށް
 
މެއި މަހު 88 މީހަކު ވަނީ ނިޔާވެފައި
 
ޖޫން މަހު 41 މީހަކު ވަނީ ނިޔާވެފައި
 
ޖުލައި މަހުގެ މިހާތަނަށް 5 މީހަކު ވަނީ ނިޔާވެފައި

ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ރާއްޖޭގައި ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނީ ކޮވިޑް ޖެހިގެން ނިޔާވެފައިވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މި މީހާ ނިޔާވެފައިވަނީ 16 ޖުލައިގެ 00:17ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ.

މިއާއެކު ރާއްޖޭގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 216ށް އަރާފައެވެ.

މިއީ މި މަހުގެ ތެރޭގައި ކޮވިޑްގައި ނިޔާވި 5 ވަނަ މީހާއެވެ. ޖުލައި މަހުގެ ފުރަތަމަ ދުވަހު ވަނީ ދެމީހަކު ނިޔާވެފައެވެ. އެއީ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނަކާއި 81 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި ޖުލައި މަހުގެ 11 ވަނަ ދުވަހު އުމުރުން 59 އަހަރުގެ ދިވެހި އަންހެނެއް ވަނީ ނިޔާވެފައެވެ. އެއަށްފަހު ޖުލައި 14 ވަނަ ދުވަހުވެސް ވަނީ އިތުރު މީހަކު ނިޔާވެފައެވެ.

ކޮވިޑްގައި މިހާތަނަށް އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މެއި މަހުއެވެ. އެމަހު އެކަނިވެސް 88 މީހުން ވަނީ ނިޔާވެފައެވެ. އޭގެ އިތުރުން މި ދިޔަ ޖޫން މަހު 41 މީހަކު ވަނީ ރާއްޖެއިން ނިޔާވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް