ކ. މާލެ
|
16 ޖުލައި 2021 | ހުކުރު 08:18
ފައިޒަރ ވެކްސިން
ފައިޒަރ ވެކްސިން
ރޮއިޓަރސް
ވެކްސިން އަޕްޑޭޓް
ބުދަ ދުވަހު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި އަދަދު އަނެއްކާވެސް ދަށަށް!
 
ބުދަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 347 މީހުން
 
ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދު ވަނީ 320،059ށް އަރާފައި
 
ރާއްޖޭގައި މިހާރު ޖަހަމުން އަންނަ ވެކްސިންތަކަކީ ކޮވިޝީލްޑް، ސިނޮފަރމް އަދި ފައިޒަރ

ބުދަ ދުވަހު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި އަދަދު އަނެއްކާވެސް ދަށަށް ހިނގައްޖެއެވެ.

ވެކްސިންގެ ދެ ޑޯޒް ޖަހާ މީހުންގެ އަދަދު އަންގާރަ ދުވަހުން ފެށިގެން ވަނީ ދަށަށް ދާން ފަށާފައެވެ. އެގޮތުން އާދީއްތަ އަދި ހޯމަ ދުވަހު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 7000ން މަތީގައި ހުރުމަށްފަހު މި އަދަދު މިވަނީ 4500ށް ވުރެ ދަށްވެފައެވެ.

އެންމެފަހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ބުދަ ދުވަހު 4391 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. އެއާއެކު ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 251،232ށް އަރާފައެވެ.

ބުދަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 347 މީހުންނެވެ. އެއާއެކު ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 320،059ށް އަރާފައެވެ. އެހެންކަމުން މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނާއި ދެވަނަ ޑޯޒް ޖެހި މީހުންގެ ދެމެދުގައި ވާ ފަރަގަކީ 68,827 އެވެ.

ފުރަތަމަ ޑޯޒް ޖެހި 347 މީހުންގެ ތެރެއިން 122 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނެވެ. އަތޮޅުތެރެއިން ފުރަތަމަ ޑޯޒް ޖަހާފައިވަނީ 225 މީހުންނެވެ. ދެ ވަނަ ޑޯޒް ޖެހި މީހުންގެ 4391 މީހުންގެ ތެރެއިން 1458 މީހުން ވެކްސިން ޖަހާފައިވަނީ މާލެ ސަރަހައްދުންނެވެ. އަދި 2933 މީހުންނަކީ އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންނެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި ސިނޮފަރމް ވެކްސިން އަދި ފައިޒަރ ވެކްސިނެވެ. މޭ މަހުގެ 2 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން މެދުކަނޑާލުމަށްފަހު އޭގެ ދެމަސް ފަހުން، ޖުލައި މަހުގެ 4 ވަނަ ދުވަހުން ފެށިގެން އަންނަނީ އެޕޮއިންޓްމަންޓް އުސޫލުން ދެ ވަނަ ޑޯޒް ޖަހަމުންނެވެ.

ސިނޮފަރމްގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖެހުމުގެ ކަންކަން ކުރިޔަށްދަނީ ސެނެހިޔާ އަދި ޓްރީޓޮޕް ހޮސްޕިޓަލްގައި، ހެނދުނު 9:00ން 11:00ށް ވެކްސިން އަށެވެ. މީގެ އިތުރުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް އެޕޮއިންޓްމެންޓަށް ހުޅުވާލާފައިވާއިރު، ފެބްރުއަރީ މަހާއި މެއި މަހު މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެއްދުމަށް ވަނީ އެދިފައެވެ.

ވެކްސިން ލިބުމުގައި ދިމާވި ދަތިތަކަށްފަހު، ވެކްސިން ލިބުމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެފައިވަނީ މިހާރު ވެކްސިން ޖެހުމުގައި ދަތިކަމެއް ކުރިމަތިނުވެ، މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ. ރާއްޖޭގެ އާބާދީގެ 50 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
16 ޖުލައި 2021 | ހުކުރު 08:34
ކަމަނަ
ރައްޔިތުންނަށް ބޮޑު ތަކްލީފަކަށް ވާގޮތަށް ވެކްސިން ޖެހުމުގެ ކަންކަން އިންތިޒާމް ކުރާކަމަށް ވާނަމަ ވެކްސިން ޖަހާމީހުން ދާނީ ހައްތާވެސް މަދުވަމުން........ތިނޫން ގޮތަކަށް ވެކްސިން ޖެހުމުގެ ކަން ކަން އިންތިޒާމް ކުރަން ހަމަ ނޭގެނީތޯ؟؟؟؟ ވެކްސިން ބުރު އަވަސް ކުރެވިގެން މެނުވީ ވެކްސިން އިން ލިބެންވާ ރައްކާތެރިކަން ރައްޔިތުންނަކަށް ނުލިބޭނެ....ތަންކޮޅެއް ލުއިފަސޭހަ ގޮތަކަށް ތިޔަކަންތައް އިންތިޒާމް ކުރުމުން ނޫނީ ރައްޔިތުންގެ ތަރުހީބު ބޮޑުވެގެން ނުދާނެ...