ކ. މާލެ
|
15 ޖުލައި 2021 | ބުރާސްފަތި 18:08
ބޯޑަރު ހުޅުވިތާ އެއް އަހަރު ފުރުނު ދުވަހު ރާއްޖެއަށް ފޭބި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔަނީ
ބޯޑަރު ހުޅުވިތާ އެއް އަހަރު ފުރުނު ދުވަހު ރާއްޖެއަށް ފޭބި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔަނީ
ވެލާނާ އެއާޕޯޓް
ބޯޑަރު އަލުން ހުޅުވާލިތާ 1 އަހަރު
ކޮންމެ ގޮންޖެހުމަކީ ކާމިޔާބީއަށް ވާސިލުވުމަށް ބޭނުންކުރާ މަގު
 
'އައިސޮލޭޓް'ވެ ޗުއްޓީ ހޭދަކޮށްލަން މިވަގުތު އެންމެ ރަނގަޅު މަންޒިލަކީ ރާއްޖެ
 
ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް މަގުބޫލުކަން ދަނީ އިތުރުވަމުން
 
ރާއްޖޭގެ ފަތުރުވެރިކަން މިވަނީ މުޅިން އައު ހަރުފަތަކަށް މިސްރާބު ޖަހާފައި

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލާފައި ވަނީ 2020 ވަނަ އަހަރުގެ ޖުލައި 15 ދުވަހުއެވެ. މިއީ ސަރުކާރުން ނެގި ވަރަށް ބޮޑު ރިސްކެކެވެ. ބޯޑަރު ހުޅުވާލުމުގެ ސަބަބުން ގައުމުގެ ކޮވިޑްގެ ހާލަތު ގޯސްވެގެން ހިނގައިދާނެ ކަމުގެ ބިރު އޮވެމެ، ރައްކާތެރި ކަމުގެ ގިނަ ފިޔަވަޅުތަކަކާއެކު ނިންމި މިނިންމުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ވަނީ މުޅިން އައު ހަރުފަތަކަށް މިސްރާބު ޖަހާފައެވެ.

ބޯޑަރު ހުޅުވިތާ އެއް އަހަރު ވެފައިވާ އިރު، އެމުއްދަތުގެ ތެރޭގައި 700،000ށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ އާންމު ގޮތެއްގައި އަހަރެއްގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދާ ބަލާއިރު، ކުޑަ އަދަދެއް ނަމަވެސް، ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި މިއީ ފާހަގަކޮށްލެވޭ އަދަދެކެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުުވަމުން އަންނަ އިރު، ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް މަގުބޫލުކަން ދަނީ އިތުރުވަމުންނެވެ.

ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ފަތުރުވެރިކަން ރަނގަޅަށް ފަށައިނުގަނެވިގެން އުޅޭއިރު، ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ފަށައިގަނެ ކުރިއެރުވުމުގެ ފުރުސަތު ވަނީ ލިބިފައެވެ. 'ވަން އައިލެންޑް، ވަން ރިސޯޓް' ކޮންސެޕްޓެގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަން މިހާރު ޕްރޮމޯޓް ކުރަމުން އަންނަ އިރު، ބަލިމަޑުކަމުގެ ތެރޭގައި 'އައިސޮލޭޓް'ވެ ޗުއްޓީ ހޭދަކޮށްލަން މިވަގުތު އެންމެ ރަނގަޅު މަންޒިލަކީ ފަތުރުވެރިންގެ ނަޒަރުގައި ރާއްޖެއެވެ.

ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކުުވެސް ރާއްޖެ އަކީ މިވަގުތު ދުނިޔޭގެ އެންމެ ރައްކާތެރި މަންޒިލުތަކުގެ ތެރެއިން މަންޒިލެއް ކަމަށް ބުނަމުން އަންނަ އިރު، މިއީ ސިނާއަތުގައި މަސައްކަތްކުރާ އެތައް ބައެއްގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އިސްނެންގެވުމާއެކު، ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްގެ އިރުޝާދުގެ ދަށުން މުޅި ސިނާއަތް ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ މިއަދު މިފެންނަނީ ވަރަށް ފޮނިކޮށެވެ.

ކޮވިޑް-19ގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން އޮތް ހަރުފަތުން އެއްވުރެ މަތީ ހަރުފަތަކަށް ރާއްޖެ ޖެހިލާފައިވާއިރު، މިހާރު ރާއްޖެ އަކީ ދުނިޔޭގެ އެންމެ ލަގްޒަރީ އެއް ޑެސްޓިނޭޝަނެވެ. ހައި އެންޑް މާކެޓެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރަމުންދާއިރު، އައު އެތައް މާކެޓުތަކަކުން ވަނީ މިހާރު ރާއްޖެއަށް ދަތުރުތައް ކުރަން ފަށާފައެވެ. ދިމާވާ ކޮންމެ ގޮންޖެހުމަކުން ރާއްޖޭގެ ފަތުރުވެރިކަން މިއަރައިގަންނަނީ ކާމިޔާބީއަކާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް