ކ. މާލެ
|
14 ޖުލައި 2021 | ބުދަ 23:19
ހުޅުމާލެ ސަހަރާ
ހުޅުމާލެ ސަހަރާ
ރާއްޖެއެމްވީ
ކޮވިޑްގައި އިތުރު މީހަކު ނިޔާވުން
ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ، ޖުމްލަ އަދަދު 215ށް
 
ޖުލައި މަހުގެ މިހާތަނަށް 4 މީހަކު ވަނީ ނިޔާވެފައި
 
ޖޫން މަހު 41 މީހަކު ވަނީ ނިޔާވެފައި
 
މެއި މަހު 88 މީހަކު ވަނީ ނިޔާވެފައި

ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ރާއްޖޭގައި ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނީ ކޮވިޑް ޖެހިގެން ނިޔާވެފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިމީހާ ނިޔާވެފައިވަނީ ބުދަ ދުވަހުގެ އިރުއޮއްސި 7:58ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ.

މިއާއެކު ރާއްޖޭގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 215ށް އަރާފައެވެ.

މިއީ މިމަސްތެރޭގައި ކޮވިޑް ގައި ނިޔާވި 4 ވަނަ މީހާއެވެ. ޖުލައި މަހުގެ ފުރަތަމަ ދުވަހު ވަނީ ދެމީހުން ނިޔާވެފައެވެ. އެއީ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނަކާއި 81 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި ޖުލައި މަހުގެ 11 ވަނަ ދުވަހު އުމުރުން 59 އަހަރުގެ ދިވެހި އަންހެނެއް ވަނީ ނިޔާވެފައެވެ.

ކޮވިޑްގައި މިހާތަނަށް އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މެއި މަހުއެވެ. އެމަހު އެކަނި 88 މީހުން ވަނީ ނިޔާވެފައެވެ. ޖޫން މަހު 41 މީހުން ވަނީ ނިޔާވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް