ކ. މާލެ
|
14 ޖުލައި 2021 | ބުދަ 23:01
ޢަލީ ވަޙީދު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަންނަވަނީ- އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ގިނަ ދައުވާތަކެއް ވަނީ އުފުލާފައި
ޢަލީ ވަޙީދު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަންނަވަނީ- އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ގިނަ ދައުވާތަކެއް ވަނީ އުފުލާފައި
ރާއްޖެއެމްވީ
ޢަލީ ވަޙީދުގެ ޝަރީޢަތް
ޕީޖީ އޮފީހުން އެދުނީ، ޢަލީ ވަޙީދުގެ މައްސަލާގައި ހައިކޯޓުގެ ނިންމުން އަލުން މުރާޖަޢާ ކުރަން
 
ޝަރީޢަތް ފެށުނު އިރު ވެސް އޭނާ އެނބުރި ރާއްޖެއަށް ވަޑައެއްނުގަންނަވާ
 
އިސްތިއުނާފުކުރި މައްސަލަ ބަލައިނުގަތުމަށް އެކޯޓުގެ ރަޖިސްޓްރަރ ވަނީ ނިންމަވާފައި
 
ޕީޖީ އޮފީހުން ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފައި

ޖިންސީ ފުރައްސާރައިގެ ގިނަ ދައުވާތަކެއް އޭނާގެ މައްޗަށް އުފުލާފައިވާ، ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމާ ގުޅޭގޮތުން ހައިކޯޓުން ނިންމެވި ނިންމެވުން މުރާޖަޢާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އެދިއްޖެއެވެ.

ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމުމުން ޕީޖީ އޮފީހުން ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް އިސްތިއުނާފުކުރި މައްސަލަ ބަލައިނުގަތުމަށް އެކޯޓުގެ ރަޖިސްޓްރަރ ވަނީ ނިންމަވާފައެވެ. އެއާއެކު އެ ނިންމެވުން މުރާޖަޢާ ކޮށްދެއްވުން އެދި ކޯޓަށް ހުށައަޅާފައިވާކަމަށް ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަޙުމަދު ޝަފީޢު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ، ހައިކޯޓުގެ ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ)ގެ ދަށުން އެ ނިންމުން މުރާޖައާ ކޮށްދެއްވުން އެދި ހުށައަޅާފައިވަނީ ބުދަ ދުވަހު ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވިއިރު ޢަލީ ވަޙީދު އެ ވުޒާރާގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރެއްވި މައްސަލާގައި، އޭނާގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް މިހާރު ކުރިއަށްދާއިރު، އެ މައްސަލަ ފެންމަތިވުމާއެކު ޕީޖީ އޮފީހުގެ އެދުމަށް ކޯޓުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓިއެވެ. އެހެންނަމަވެސް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްޓަކައި، އެދިވަޑައިގަތުމުން ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ދޫކުރީ ހަތަރު މަހަށެވެ. އަދި އެކަން ކުރީ އަސްޢަދު ޢަލީ (އަޑުބަރޭ) ޖާމިނުވާގޮތަށެވެ. އެހެންނަމަވެސް ހަތަރު މަސް ފާއިތުވެ، ޝަރީޢަތް ފެށުނުއިރު ވެސް އޭނާ އެނބުރި ރާއްޖެއަށް ވަޑައެއްނުގަންނަވައެވެ. އަދި އެކަމުގެ ޒިންމާ އަޑުބަރޭ ވެސް ނަގާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް