ކ. މާލެ
|
14 ޖުލައި 2021 | ބުދަ 23:13
އައިޖީއެމްއެޗްގެ ލެބޯޓްރީގެ މަސައްކަތްތައް
އައިޖީއެމްއެޗްގެ ލެބޯޓްރީގެ މަސައްކަތްތައް
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑަށް ޓެސްޓް ކުރުމުގެ ކަންކަން
ކޮވިޑަށް ޓެސްޓް ކުރުން އިތުރުވުމުން ނަތީޖާ ލިބުން ލަސްވެދާނެ، އިސްކަންދޭނީ އަލާމާތްތައް ފެންނަ މީހުންނަށް
 
ކޮވިޑް-19ގެ އަލާމާތްތައް ހުރެގެން ނަގާ ސާމްޕަލްތަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލްތައް ޓެސްޓުކުރުމަށް އިސްކަންދޭނެ
 
ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންނަށް 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓަކާއެކު ރަށްރަށަށް ދަތުރުކުރެވޭ

ރަށްރަށަށް ދަތުރުކުރުމަށްޓަކައި ގިނަ ފަރާތްތަކަކުން ޕީ.ސީ.އާރ ޓެސްޓު ހަދަމުންދާތީ މިވަގުތު ޓެސްޓު ކުރަންޖެހޭ ސާމްޕަލްތައް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައި ކަމަށާއި އެހެންކަމުން ޓެސްޓްގެ ނަތީޖާ ލިބުމުގައި ލަސްތަކެއް އުޅުމަކީ އެކަށީގެންވާ ކަމެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އީދު ބަންދާ ދިމާކޮށް ލިބޭ ބޮޑު ޗުއްޓީއަށް ދިން ލުއިތަކުގެ ތެރޭގައި ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންނަށް 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓަކާއެކު ރަށްރަށަށް ދަތުރުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިއާއެކު ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ޕީސީއާރު ޓެސްޓް ހައްދަމުންނެވެ.

އެޗްޕީއޭއިން ބުނީ ޓެސްޓުކުރުމުގައި ކޮވިޑް-19ގެ އަލާމާތްތައް ހުރެގެން ނަގާ ސާމްޕަލްތަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލްތައް ޓެސްޓުކުރުމަށް އިސްކަންދެވޭނެކަމަށެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭންފެށީ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ. އާންމު ގޮތެއްގައި ދުވާލެއްގެ މައްޗަށް ޓެސްޓް ކުރަމުން އައިސްފައިވަނީ ހަތަރު 1000-5000 ދެމެދުގެ އަދަދެކެވެ. ޖުލައި މަހުގެ 8 ވަނަ ދުވަހު 5،048 ސާމްޕަލް ޓެސްޓްކޮށްފައިވާއިރު ޖުލައި މަހުގެ 9 ވަނަ ދުވަހު ޓެސްޓްކޮށްފައިވަނީ 4580 ސާމްޕަލެވެ. ޖުލައި 10 ވަނަ ދުވަހު 7012 ސާމްޕަލް ޓެސްޓްކޮށްފައިވާއިރު 11 ވަނަ ދުވަހު ޓެސްޓްކޮށްފައިވަނީ 6320 ސާމްޕަލެވެ. ޖުލައި 12 ވަނަ ދުވަހު ޓެސްޓްކުރި ސާމްޕަލްތަކުގެ އަދަދު ވަނީ 7999ށް އަރާފައެވެ. ޖުލައި 13 ވަނަ ދުވަހު ޓެސްޓް ކޮށްފައިވަނީ 6750 ސާމްޕަލެވެ. އަދި 14 ވަނަ ދުވަހު 6715 ސާމްޕަލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް