ކ. މާލެ
|
14 ޖުލައި 2021 | ބުދަ 22:51
 އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް- ޢާޒިމް ވިދާޅުވީ މިއަހަރު ނިންމާނީ މިދިޔަ އަހަރުގެ ފައިދާއަށް ވުރެ އެތައް ތަނެއް ރަނގަޅު ފައިދާއާއެކު ކަމަށް އުއްމީދު ކުރެވޭ ކަމަށް
އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް- ޢާޒިމް ވިދާޅުވީ މިއަހަރު ނިންމާނީ މިދިޔަ އަހަރުގެ ފައިދާއަށް ވުރެ އެތައް ތަނެއް ރަނގަޅު ފައިދާއާއެކު ކަމަށް އުއްމީދު ކުރެވޭ ކަމަށް
އެމްޓީސީސީގެ ހިންގުން
ބިދޭސީން ތިބި ތަންތަނުން 80 ދިވެހި ޒުވާނުންނަށް މިއަހަރު ތެރޭގައި ވަޒީފާދީފިން: ޢާޒިމް
 
މިހާރު މަދުވެގެން 10،000 ރުފިޔާ ކޮންމެ މުވައްޒަފަކަށް ލިބޭނެ
 
ކުންފުނީގެ މުވައްޒަފުންގެ އަދަދު މިހާރު ހުރީ 2500 އާއި 3000 އާ ދެމެދު
 
ފުރަތަމަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި 72.55 މިލިއަން ރުފިޔާ ލިބުނު

ބިދޭސީން ތިބި ތަންތަނުން 80 ދިވެހި ޒުވާނުންނަށް މިއަހަރު ތެރޭގައި ވަޒީފާދީފައިވާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ބިދޭސީން ތިބި ތަންތަނުން 80 ދިވެހި ޒުވާނުންނަށް މިއަހަރު ތެރޭގައި ވަޒީފާ ދެވިފައިވާ ކަމަށެވެ. އަދި އެމްޓީސީސީގައި ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް މިހާރު މަދުވެގެން 10،000 ރުފިޔާ ލިބޭނެކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ މުސާރަތައް މިހާރު ހުންނާނީ މާކެޓް ރޭޓްގައިކަން ފާހަގަ ކުރައްވައި، ކުންފުނީގެ މުވައްޒަފުންގެ އަދަދު މިހާރު ހުރީ 2500 އާއި 3000 އާ ދެމެދު ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރު ނިންމާނީ މިދިޔަ އަހަރުގެ ފައިދާއަށް ވުރެ އެތައް ތަނެއް ރަނގަޅު ފައިދާއާއެކު ކަމަށް އުއްމީދު ކުރެވޭ ކަމަށާއި، އަދި އެމްޓީސީސީގެ މަސައްކަތުގެ ލޯޑު ހުރި ގޮތުން އެންމެ ސިކުންތަކީވެސް މިހާރު ވަރަށް ބައިވަރު ވަގުތުކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ، ތަރައްޤީގެ އެއްވެސް ޕްރޮޖެކްޓެއް ހުއްޓި، ތަރައްޤީގެ ސްޕީޑް ދަށްވާން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބޭނުންފުޅުވެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ތަރައްޤީގެ މަޝްރޫއުތައް މަޑުޖެހޭނަމަ އެކަން މެދުވެރިވާ ސަބަބުތައްވެސް ރައްޔިތުންނަށް ސާފުކޮށްދެއްވާނެ ކަމަށް ޢާޒިމް ވިދާޅުވިއެވެ.

ތަރައްޤީގެ އެއްވެސް ޕްރޮޖެކްޓެއް ހުއްޓި، ތަރައްޤީގެ ސްޕީޑް ދަށްވާން ރައީސް ބޭނުންފުޅެއްނުވޭ. ކޮންމެ ރަށެއްގައި ރައީސް ވައުދުވިގޮތަށް ކަންކަން އަންނަނީ ކުރަމުން. އެއްވެސް ޕްރޮޖެކްޓެއް ނުހިންގޭވަރަށް ތަކެތި ހިފައިގެން ރަށަކަށް ނާރާނެ. ކަމެއް ނުވަންޏާ ނުވާ ސަބަބު ބުނެދޭނަން.
އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް

އެމްޓީސީސީން ބާރު ސްޕީޑުގައި މަސައްކަތްތައް ކުރިއަށްގެންދާއިރު، އެ ކުންފުންޏަށް 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި 72.55 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ކުންފުނީގެ 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ މާލީ ނަތީޖާ ދައްކާގޮތުން، ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 72.55 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެއެވެ. މިއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ނަތީޖާއާ އަޅާބަލާއިރު %40.16 އިތުރު އަދަދެކެވެ.

ކޮވިޑް-19 ގެ ހާލަތަށް ބަލައި ފަރުވާތެރިކަމާއެކު، ވިޔަފާރިތަކަށް މިހާލަތުގައި ގެންނަންޖެހޭ ބަދަލުތައް ގެނެސް، ވިޔަފާރި ކުރިއަރުވައި، ކުންފުނީގެ މަގުސަދުތައް ހާސިލްކުރުމަށް ހިކުމަތްތެރިކަމާއެކު ފިޔަވަޅުތައް އަޅައި، މި ފިޔަވަޅުތަކުގެ ނަތީޖާ ހާސިލްކުރެވިފައިވާކަން މާލީ ނަތިޖާއިން ފެންނަން އޮތްކަމަށް ކުންފުނިން ފާހަގަކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
25%
25%
0%
50%
ކޮމެންޓް