ކ. މާލެ
|
14 ޖުލައި 2021 | ބުދަ 22:43
މާމެންދޫން ކޮވިޑަށް ޕޮޒިޓިވްވި އާއިލާގެ މީހުން ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދަނީ
މާމެންދޫން ކޮވިޑަށް ޕޮޒިޓިވްވި އާއިލާގެ މީހުން ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދަނީ
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ކޭސްތަކުގެ އަދަދު 100ން ދަށުގައި، މާލޭން ޕޮޒިޓިވްވީ 14 މީހުން
 
ހޮސްޕިޓަލްގައި 16 މީހުންނަށް އަންނަނީ ފަރުވާދެމުން
 
މިހާރު ކޮވިޑަށް ފަރުވާ ހޯދަމުންދަނީ 2،501 މީހުން
 
ފާއިތުވި 24 ގަޑިއިރު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 73 މީހުން

ކޮވިޑް-19 ކޭސްތަކުގެ އަދަދު ސަތޭކައިން ދަށަށް ޖެހިލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާލާއިރު ފާއިތުވި 24 ގަޑިއިރު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 73 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 14 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 46 މީހުންނެވެ. މީގެއިތުރުން ހިންގަމުންދާ ރިސޯޓްތަކުން 9 މީހުން، ލައިވްއެބޯޑް ތަކުން 3 މީހުން، އަދި ހަދަމުންދާ ރިސޯޓްތަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން މިހާތަނަށް 75،405 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 72،678 މީހުން ވަނީ ބަލިން ވަނީ ރަނގަޅުވެފައެވެ. މިހާރު ކޮވިޑަށް ފަރުވާ ހޯދަމުންދަނީ 2،501 މީހުންނެވެ. މީގެތެރެއިން ހޮސްޕިޓަލްގައި 16 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.

ރާއްޖެއިން މިހާތަނަށް މިބަލީގައި 214 މީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑް-19ގެ ހަތަރު ވަނަ ރާޅަށް ފަހު ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު މިހާރު އަންނަނީ ދަށްވަމުންނެވެ. އެގޮތުން ޖޫން މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 200ން ދަށުގައި ހުރުމަށްފަހު، ގާތްގަނޑަކަށް 3 މަސް ފަހުން، ޖުލައި މަހުގެ 9 ވަނަ ދުވަހު ވަނީ ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 100އިން ދަށްވެފައެވެ. ޖުލައި މަހުގެ 9 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 55 މީހުންނެވެ. ޖުލައި މަހުގެ 10 ވަނަ ދުވަހު 90 މީހުން ޕޮޒިޓިވްވެފައިވާއިރު 11 ވަނަ ދުވަހު ޕޮޒިޓިވްވީ 78 މީހުންނެވެ. އަދި 12 ވަނަ ދުވަހު 91 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ޖުލައި މަހުގެ 13 ވަނަ ދުވަހު އެއަދަދު ވަނީ 170ށް އަރާފައެވެ.

ކޮވިޑްގެ 4 ވަނަ ރާޅަށްފަހު ފިޔަވަޅުތަކަށް ލުއި ދެމުން އައިސް ޖުލައި މަހުގެ 7 ވަނަ ދުވަހު ވަނީ ބޮޑެތި ހުރިހާ ލުއިތަކެއް ދީފައެވެ. އެގޮތުން 2 ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށަށް ކަރަންޓީނާ ނުލައި ދަތުރުކުރެވުމާއި، ރިސޯޓްތަކުގެ މުވައްޒަފުންގެ ތެރެއިން 2 ޑޯޒް ފުރިހަމަކޮށްގެން ތިބި މުވައްޒަފުންނަށް ރަށްރަށަށް ދެވޭގޮތަށް ވަނީ ލުއި ދީފައެވެ.

މާލޭގެ ކާފިއު އުވާލާފައިވާއިރު، ޖިމްތަކާއި ސެލޫންތަކާއި ކުޅިވަރު މައިޒާންތައް ހުޅުވާލައި ވިޔަފާރިތައް ހުޅުވައިގެން ޚިދުމަތް ދިނުމަށް ވަނީ ހުއްދަ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް