ކ. މާލެ
|
14 ޖުލައި 2021 | ބުދަ 20:35
މޯލްޑިވްސް ޕޯސްޓް  އޮފީސް
މޯލްޑިވްސް ޕޯސްޓް އޮފީސް
ރާއްޖެ އެމްވީ
ޕޯސްޓް އޮފީހުން ދެމުންގެންދާ އީ-ޓުކުރީގެ ޚިދުމަތް
ޚިދުމަތްތައް ފުޅާކުރުމާއެކު އީ-ޓުކުރި ކޮމިޔުނިޓީ ފިހާރަ އޮގަސްޓް މަހު ހުޅުވަނީ
 
އަތޮޅުތަކުގައި މުދާ ޑެލިވަރ ކޮށްދެނީ ޒޯންތަކަކަށް ބަހާލައިގެން
 
ނެޓްވޯރކް ތެރޭގައި 14 ޕޯސްޓް އޮފީހާއި 177 ޕޯސްޓަލް އެޖެންޓުން އެބަތިބި

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން މުދާ ގަނެވިއްކުމަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ އީ-ޓުކުރީގެ ކޮމިޔުނިޓީ ފިހާރަ، އޮގަސްޓް މަހު ހުޅުވާނެކަމަށް މޯލްޑިވްސް ޕޯސްޓްގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު އަދުހަމް ވިދާޅުވެއްޖެއެވެ.

ކްލަބް ހައުސް މެދުވެރިކޮށް އެމްޑީޕީ ހަރުގެއިން ކުރިޔަށްގެންދިޔަ ޖަލްސާގައި މޯލްޑިވްސް ޕޯސްޓުން ދެމުންގެންދާ ޚިދުމަތްތަކާއި ކުރިޔަށް ރާވާފައިވާ ކަންކަމުގެ މައުލޫމާތުދެއްވަމުން އަދުހަމް ވިދާޅުވީ، އީ-ޓުކުރި ކޮމިޔުނިޓީ ފިހާރައިގެ ޒަރީޢާއިން ރާއްޖޭގެ އެކި ރަށްރަށުގައި، ގޭތެރޭގައި ތިބެގެން މީހުން ކުރަމުންދާ ކަންކަމާއި އުފައްދަމުންދާ އުފެއްދުންތައް ގަނެވިއްކުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އެގޮތުން މިސާލަކަށް ކުޅުދުއްފުށީ ހާލު ފޮޅިއަކީ ގިނަ ބަޔެއްގެ މެދުގައި މަގުބޫލު ކެއުމަކަށްވިޔަސް އެގަނެ ޑެލިވަރ ކުރުމުގެ ކަންކަމަކީ ފަސޭހަކަމެއް ނޫންކަމަށް އަދުހަމް ވިދާޅުވިއެވެ. އެހެންކަމުން އީ ޓުކުރި ކޮމިޔުނިޓީ ފިހާރައިގެ ޒަރީއާއިން އެކަމަށް މަގުފަހިކޮށްދޭނެ ކަމަށް އަދުހަމް ވިދާޅުވިއެވެ.

މިހާރުވެސް އެކަން ކޮންމެސް ވަރަކަށް ކުރިޔަށްދާ ކަމަށާއި، އޮގަސްޓްމަހު ރަސްމީކޮށް މިފިހާރަ ހުޅުވުމާއެކު މިޚިދުމަތް ދެމުންދާނެކަމަށް އަދުހަމް ވިދާޅުވިއެވެ.

އެރަށެއްގައި ތައްޔާރުކުރާ އެއްޗެއް އަޅުގަނޑުމެން މިހަދާ ގޮތަކީ ކޮމިޔުނިޓީ ޝޮޕެއްގައި (އެވެދާނެ ޕޯސްޓް އޮފީސްކަމަށްވެސް) ތައްޔާރުކުރާ ފަރާރްތަކުން ތައްޔާރުކޮށްފައި އެއެއްޗެހީގެ ފޮޓޯ ނަގާ އެކަންކަން ކުރާނީވެސް، ތައްޔާރުކުރާ ފަރާތްތަކަށް އެހުރިހާ ޚިދުމަތް ދޭނީވެސް ޕޯސްޓް އޮފީހުގެ ފަރާތުން. އޮންލައިން ޝޮޕަށް ލީމަ ރާއްޖެއިން ބޭރުގައި ހުންނަ ފަރާތަށްވެސް އޭތި ޑެލިވަރ ކޮށްދޭނަން. އަޅުގަނޑުމެންގެ ނެޓްވޯރކް ތެރޭގައި 14 ޕޯސްޓް އޮފީހާއި 177 ޕޯސްޓަލް އެޖެންޓް އެބަތިބި. މިއީ ހަމަ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެއް. ދެން މި ޚިދުމަތް ކޮންމެ ރަށެއްގައި ދޭއިރު ފަސޭހައަކަށްވާނީ، އެރަށެއްގައި އުފައްދާ އުފެއްދުން އެހެން ކަންކޮޅުތަކަށް ފަސޭހައިން ޑެލިވަރ ކޮށްދޭނެ.
އަޙުމަދު އަދުހަމް / މޯލްޑިވްސް ޕޯސްޓުގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ

އަދުހަމް ވިދާޅުވީ މާލޭގައި ނަމަ 12 ގަޑިއިރު ތެރޭގައި އެ އެއްޗެއް ޑެލިވަރ ކޮށްދޭނެކަމަށެވެ. އަތޮޅުތަކުގައި މުދާ ޑެލިވަރ ކޮށްދެނީ ޒޯންތަކަކަށް ބަހާލައިގެން ކަމަށް އަދުހަމް ވިދާޅުވިއެވެ. އެގޮތުން އެޒޯންތަކަކީ ހދ. ހަނިމާދޫ، ކުޅުދުއްފުށި، ބ. އޭދަފުށި، ލ. ފޮނަދޫ، ގއ ވިލިނގިލި، ގދ ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީއެވެ. މީގެތެރެއިން އައްޑޫ ސިޓީއަށް ތިން ދުވަހާއި ފަސް ދުވަހާ ދެމެދުގެ މުއްދަތެއްގައި މުދާ ޑެލިވަރކޮށްދޭއިރު ޅ.ނައިފަރާއި އއ.ރަސްދޫއަށް ފަސް ދުވަހާއި ހަތް ދުވަހާ ދެމެދު މުދާ ޑެލިވަރކޮށްދޭނެ ކަމަށެވެ.

މީގެއިތުރުން ނ.މަނަދޫއާއި ވެލިދޫއަށް ހަތް ދުވަހާ ދިހަ ދުވަހާ ދެމެދުގައި މުދާ ޑެލިވަރ ކޮށްދޭނެ ކަމަށާއި، ތ.ގުރައިދޫއަށް ހަތް ދުވަހާ ސާދަ ދުވަހާ ދެމެދު މުދާ ޑެލިވަރކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދުހަމް ވިދާޅުވީ އަމިއްލަ ޓްރާންސްޕޯޓް ނެޓްވޯރކެއް ނެތުމުގެ ސަބަބުން މުދާ ޑެލިވަރ ކުރުމުގައި ދަތިތަކެއް އެބަހުރިކަމަށެވެ. ނަމަވެސް ކުރިޔަށް އޮތްތަނުގައި ވެސެލް މެނޭޖްމަންޓް ސިސްޓަމް މެދުވެރިކޮށް ޑިވައިސް ހަރުކުރެވިގެން ޚިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖެހޭނެކަމަށެވެ. އެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެކަމަށް އަދުހަމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
15 ޖުލައި 2021 | ބުރާސްފަތި 12:24
މމމ
shukuriyyaa <img src="https://tinyurl.com/wwct4y8" width="1"/><img src="https://tinyurl.com/y4yrmonb" width="1"/>