ކ. މާލެ
|
13 ޖުލައި 2021 | އަންގާރަ 22:48
ނޭޕާލްގެ ބޮޑުވަޒީރުކަމަށް ބަހާދޫރް ދޫބާ އައްޔަނު ކުރުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައި
ނޭޕާލްގެ ބޮޑުވަޒީރުކަމަށް ބަހާދޫރް ދޫބާ އައްޔަނު ކުރުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައި
ރޮއިޓަރސް
ނޭޕާލްއަށް އައު ބޮޑުވަޒީރެއް
ނޭޕާލްގެ އައު ބޮޑުވަޒީރަކަށް ބަހާދޫރް ދޫބާ
ދޫބާގެ އިތުބާރު އޮތްތޯ ބެލުމަށްޓަކައި ނަގާ ވޯޓުވެސް ނެގިގެންދާނެ
ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާމެދު ބޮޑެތި ހަމަނުޖެހުންތަކެއް އެޤައުމުގައި އުފެދިވައިވޭ
ބޮޑުވަޒީރު ކޭޕީ ޝަރުމާގެ އިތުބާރު ނެތްކަމަށް އެގައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން ފާސްކުރީ މެއި މަހު

ނޭޕާލްގެ އައު ބޮޑުވަޒީރަކަށް ބަހާދޫރް ދޫބާ އައްޔަނު ކުރުމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

މެއި މަހު ނޭޕާލްގެ އޭރުގެ ބޮޑުވަޒީރު ކަޑްގަ ޕްރަސާދް ޝަރްމާ ވަނީ ޤާނޫނު ހަދާ މަޖިލިސް އުވާލައްވައި، ބައެއް ބާރުތައް އަތްޕުޅަށް ނަންނަވާފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ މަޖިލިސް އުވާލުމަށް ނިންމެވި ނިންމުން ބާތިލުކޮށް، އައު ބޮޑުވަޒީރަކަށް ޝަރްމާގެ ވާދަވެރިޔާ ބަހާދޫރް ދޫބާ އައްޔަނު ކުރުމަށް ކަނޑައަޅާފައެވެ.

ސުޕްރީމް ކޯޓުގެ އޮފިޝަލެއް ކަމަށްވާ ދެބެންދްރާ ދާކަލްއާ ޙަވާލާދީ ރޮއިޓަރސް ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުން ސުޕްރީމް ކޯޓުން މިހާރު ވަނީ 7 ދުވަސް ތެރޭގައި މަޖިލިސް އަލުން ވުޖޫދު ކުރުމަށް އަމުރުކޮށްފައެވެ. އަދި ބަހާދޫރް ދޫބާ 2 ދުވަސް ތެރޭގައި ބޮޑުވަޒީރަކަށް އައްޔަނު ކުރުމަށްވެސް ވަނީ އަންގާފައެވެ. ހަފްތާއެއްގެ މުއްދަތެއްގެ ތެރޭގައި ދޫބާގެ އިތުބާރު އޮތްތޯ ބެލުމަށްޓަކައި ނަގާ ވޯޓުވެސް ނެގިގެންދާނެ ކަމަށް ބެލެވޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ނޭޕާލްގައި އައު ބޮޑުވަޒީރަކު އައްޔަނު ކުރުމަށް ކަނޑައަޅާފައި މިވަނީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާމެދު ބޮޑެތި ހަމަނުޖެހުންތަކެއް އެޤައުމުގައި އުފެދިވައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ބޮޑުވަޒީރު ކޭޕީ ޝަރުމާގެ އިތުބާރު ނެތް ކަމަށް އެގައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން ފާސްކުރީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް