ކ. މާލެ
|
13 ޖުލައި 2021 | އަންގާރަ 22:24
ރާއްޖޭގެ ރަށްތަކެއް
ރާއްޖޭގެ ރަށްތަކެއް
ރާއްޖެ އިޝްތިހާރުކުރުން
ލަޓޭގެ ޖުލައި މަހުގެ ޑެސްޓިނޭޝަނަކަށް ރާއްޖެ
 
އޮސްޓްރޭލިއާއާއި ނިއުޒިލޭންޑްގެ 15000އަށްވުރެ ގިނަ ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނަށް އިޝްތިހާރު ކުރެވޭނެ
 
ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ލަޓޭގެ އައު ނިއުސް ލެޓަރގައި ރާއްޖޭގެ އާރޓިކަލެއް ހިމެނޭނެ
 
ރާއްޖެއަކީ ރައްކާތެރި އަދި ލަގްޝަރީ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރާނެ

ލަގްޝަރީ އޮސްޓްރޭލިއަން ޓްރެވަލް ޓްރޭޑް އީ-ނިއުސް (ލަޓޭ)ގެ ޖުލައި މަހުގެ ޑެސްޓިނޭޝަނަކީ ރާއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން އޮސްޓްރޭލިއާގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ލަޓޭއާއެކު ފަށައިފިއެވެ. އެގޮތުން ރާއްޖެއަކީ ރައްކާތެރި އަދި ލަގްޝަރީ މަންޒިލެއްގެ ގޮތުގައި އޮސްޓްރޭލިއާގައި އިޝްތިހާރު ކުރާނެއެވެ.

ލަޓޭ އަކީ އޮސްޓްރޭލިއާގެ އީ-ނިއުސް ލެޓަރއެކެވެ. ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ލަޓޭގެ އައު ނިއުސްލެޓަރއެއް ޕަބްލިޝްކުރާ އިރު، ލަޓޭގެ އަމާޒަކީ ޓްރެވަލް ރީޓެއިލަރސް އަދި އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނަށް އެންމެ ފަހުގެ މައުލޫމާތާއި ޚަބަރު ފޯރުކޮށްދިނުމެވެ.

ލަޓޭއާއެކު އެމްއެމްޕީއާރުސީން ކުރިއަށް ގެންދާ މިކެމްޕެއިންގައި ޖުލައި މަހުގެ ކޮންމެ ހުކުރު ދުވަހެއްގައި ރާއްޖެ އިޝްތިހާރު ކުރުމުގު އާރޓިކަލްތައް ޕަބްލިޝްކުރެވޭނެއެވެ. އެގޮތުން މި އާރޓިކަލްތަކުގައި، ރާއްޖޭގެ ރައްކާތެރިކަމާއި "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓްގެ އިތުރުން، ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުތިބާ ކުރެވޭނެ ޚާއްސަ ކަންތައްތަކާއި ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން އިޝްތިހާރު ކުރެވިގެންދާނެއެވެ.

މިއާރޓިކަލްތައް އޮސްޓްރޭލިއާގެ 2000އެއްހާ ލަގްޝަރީ ޓްރެވަލް އެޖެންޓުންނަށް ހިއްސާކުރެވިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ލަޓޭ ނިއުސް ލެޓަރ އަކީ އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑްގެ 15000އަށްވުރެ ގިނަ ޓްރެވަލް އެޖެންޓުންނާއި، ޓުއަރ އޮޕަރޭޓަރުން އަދި ބްރޯކަރުންގެ ވިއުވަރޝިޕެއް އޮންނަ ނިއުސްލެޓަރއެކެވެ.

ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
ޔޫސުފް ނައީމަށް ކުރި ޙުކުމް ބާތިލް، ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބަލަން އަންގައިފި
އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑަރކުރިކަމުގެ ތުހުމަތުވެސް ބައްސާމަށް ކުރެވޭ، އެ މައްސަލަ އޮތީ އޭސީސީގައި: ޕީޖީ އޮފީސް
އެމްއެމްޕީއާރްސީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ
މި ސަރުކާރުގެ ފުރަތަމަ ސަވާދީއްތަ ދަތުރު ބޮޑު ސްކޭމަކަށް
ޗައިނާއިން ފާހަގަކުރާ ''އިޔަރ އޮފް ދަ ޑްރެގަން'' އަށް މަރުހަބާ ކިޔައި އެމްއެމްޕީއާރްސީން ބޭނުންކޮށްފައިވާ ބަހުރުވައަށް އާންމުގެ ފާޑުކިޔުން
ޔާމީނުގެ ޤުރުބާނީއާއެކު ވެރިކަމަށް އައިސް، ޔާމީނުގެ ޙައްޤު ހޯދަން ދިޔައިރު ބައިވެރިނުވުމުން ބަހުގެ ހޫނު ހަމަލާތަކެއް