ކ. މާލެ
|
13 ޖުލައި 2021 | އަންގާރަ 11:52
ވެލާނާ އިންޓަަރނޭޝަނަލް އެއަރޕޯޓުގައި ފަތުރުވެރިންތަކެއް
ވެލާނާ އިންޓަަރނޭޝަނަލް އެއަރޕޯޓުގައި ފަތުރުވެރިންތަކެއް
ވެލާނާ އެއާޕޯޓް
ދެކުނު އޭޝިއާގެ ފަތުރުވެރިން
ދެކުނު އޭޝިއާގެ ޤައުމުތަކުން އަންނަ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނީ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ގެސްޓް ހައުސްތަކުގައި އެކަނި
 
މާލޭގައި ފަތުރުވެރިން ފުރުމަށްޓަކައި ޓްރާންސިޓް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ އުސޫލުގެ މަތިން ގެސްޓް ހައުސްތަކުގައި ތިބޭ ތިބުން އިސްތިސްނާވާނެ
 
އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ފަތުރުވެރިންނަށް ޗެކްއިން ނުވެވޭނެ

ދެކުނު އޭޝިއާގެ ޤައުމުތަކުން އަންނަ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނީ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ގެސްޓް ހައުސްތަކުގައި އެކަނި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޖުލައި 15 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ޤައުމުތަކުން އަންނަ ފަތުރުވެރިންނަށް ރާއްޖެ އެތެރެވުމަށް ހުޅުވާލާފައިވާއިރު އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ފަތުރުވެރިންނަށް ޗެކްއިން ނުވެވޭނެ ކަމަށެވެ. އެހެންނަމަވެސް މާލޭގައި ފަތުރުވެރިން ފުރުމަށްޓަކައި ޓްރާންސިޓް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ އުސޫލުގެ މަތިން އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގެސްޓް ހައުސްތަކުގައި ތިބޭ ތިބުން އިސްތިސްނާވާނެ ކަމަށެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަށް ރާއްޖޭގެ ބޯޑަރު ހުޅުވާލަން ސަރުކާރުން ނިންމާފައިވާއިރު، މި ސަރަހައްދަކީ ރާއްޖޭގެ ފަތުރުވެރިންގެ ބޮޑެތި މާރކެޓްތައް ހިމެނޭ އެއް ސަރަހައްދެވެ. ކޮވިޑްގެ ސަބަބުން ދެކުނު އޭޝިއާގެ ގައުމުތަކުން ފަތުރުވެރިން ގެނައުން ހުއްޓާލަން ޖެހުމުން އޭގެ އަސަރު ވަނީ ރާއްޖޭގެ ފަތުުރުވެރިކަމަށް ކޮށްފައެވެ. އެހެންކަމުން ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ފަތުރުވެރިންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. ރާއްޖެއަށް މިހާތަނަށް 5 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ އިރު، މި އަހަރަށް ސަރުކާރުން ކަނޑައަޅާފައި ވަނީ 1.7 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.

ރައީސް ވަނީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން މިހާރު ކުރަމުންދާ މަސައްކަތަކީ ވިޔަފާރިތައް ހުޅުވާލައި، އިޤްތިޞާދު ހިނގައިގަތުމަަށް ކުރަންޖެހޭ މަސައްކަތްތައްކުރުން ކަމަށާއި މި މަސައްކަތްތައް ކުރި ނަމަވެސް ކޮވިޑް ފެތުރިގެން ހިނގައިދާނެ ކަމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ވިދާޅުވެފައެވެ.

ދެކުނު އޭޝިއާގެ ޤައުމުތަކުން އަންނަ ފަތުރުވެރިންނަށް ރާއްޖެ އެތެރެވުމަށް ހުޅުވާލާފައިވާއިރު ދެކުނު އޭޝިއާގެ ރައްޔިތުންގެ ތެރެއިން ރާއްޖޭގެ ވޯކް ޕާމިޓް އޮންނަ ފަރާތްތަކަށް ރާއްޖެ އައުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ދެކުުނު އޭޝިއާގެ ގައުމުތަކުން ރާއްޖެ އަންނަ ބިދޭސީ މަސައްކަތްތެރިން ކަރަންޓީންވާން ތިން ހޮޓަލެއް ވެސް ވަނީ ހާއްސަކޮށްފައެވެ. ބިދޭސީ މަސައްކަތްތެރިން ރާއްޖެ އައިސް ކަރަންޓީން ވުމަށް ކަނޑައަޅާފައިވާ ތިން ހޮޓަލަކީ "ބީހައިވް ހޮޓަލް"، "ތްރީ އިން" އަދި "ވައިޓް ހާޕް" އެވެ.

ރާއްޖެ އަންނަ ބިދޭސީ މަސައްކަތްތެރިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާނަމަ 14 ދުވަހުގެ ކަަރަންޓީން މުއްދަތު ފުރިހަމަކުރަން ޖެހޭއިރު، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވަނީ ލުއިދީފައެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާއިން ހުއްދަ ދީފައިވާ ވެކްސިންތަކުގެ ތެރެއިން ވެކްސިނެއްގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާނަމަ ފުރިހަމަ ކުރަންޖެހޭނީ ހަތް ދުވަހުގެ ކަރަންޓީންގެ މުއްދަތެކެވެ. ކަރަންޓީންގެ މުއްދަތު ހަމަވުމުން ޕީސީއާރު ޓެސްޓު ހަދަންޖެހޭ އިރު، ކަރަންޓީނުން ނުކުމެވޭނީ އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުންނެވެ.

ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން ބިދޭސީ މަސައްކަތްތެރިޔާ އަމިއްލައަށް ނުވަތަ މަސައްކަތްތެރިޔާއާ ޒިންމާވާ ފަރާތުން އިމިގްރޭޝަންގެ "އިމުގާ" ޕޯޓަލްގަައި މައުލޫމާތު ފުރިހަމަކޮށް ދަތުރުކުރުމުގެ 24 ގަޑިއިރު ކުރިން ކަރަންޓީންވުމަށް އެދި އެޗްއީއޯސީ އަށް ހުށަހަޅަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް