ކ. މާލެ
|
13 ޖުލައި 2021 | އަންގާރަ 11:25
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް
އަމްނާ އިމާދު
ގަން އެއަރޕޯޓު މަޝްރޫއު
ގަން އެއަރޕޯޓުގެ ޕްރޮޖެކްޓް ހިންގާ ބައެއްގެ ހަސިއްޔަތުން އިންޑިއާއަށް ތަސައްވުރު ހާމަކުރެވޭނެ: ސަރުކާރު
 
ޕްރޮޖެކްޓް ހިންގާ މީހުން ހިންގާނީ ފީސިބިލިޓީއަށް ބެލުމަށްފަހު
 
މަޝްރޫއުއަކީ 17 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޕްރޮޖެކްޓް ހިންގާ ބައެއްގެ ހަސިއްޔަތުން އިންޑިއާއަށް ތަސައްވުރު ހާމަކުރެވޭނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު އެހީގައި ތަރައްގީކުރާ ގަން އިންޓަނޭޝަނަލް އެއަރޕޯޓު ވެގެންދާނީ ސަރަހައްދީ ހަބަކަށް ކަމަށް އިންޑިއާ އިން ބުނުމާ ގުޅިގެން ބައެއް އާންމުން ވަނީ އެކަމަށް ފާޑުކިޔާފައެވެ. އަދި އެކަމުގައި އިންޑިއާއަށް ބަސްބުނެވިގެން ނުވާނެ ކަމަށް ވެސް ބުނެފައެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޕްރޮޖެކްޓް ހިންގާ މީހުން ހިންގާނީ ފީސިބިލިޓީއަށް ބެލުމަށްފަހުގައި ކަމަށާއި ޕްރޮޖެކްޓް ހިންގާ ބައެއްގެ ހައްސިއްޔަތުން ޕްރޮޖެކްޓާ ދޭތެރޭގައި ތަސައްވުރު ހާމަކުރެވޭނެ ކަމަށެވެ. އަދި އެއީ އާންމު ކަމެއް ކަމަށާއި ގަން އިންޓަނޭޝަނަލް އެއަރޕޯޓު ވެގެންދާނީ ސަރަހައްދީ ހަބަކަށްކަން އެ މާނަކުރަނީ ފަތުރުވެރިކަން އިތުރުވެގެން ދިޔުމާއި ވިޔަފާރީތައް ފުޅާވެ އިޤްތިސާދު އިތުރަށް ފުޅާވެގެންދިޔުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުއަކީ 17 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްގެން ހިންގާ މަޝްރޫއަކަށްވާއިރު މަޝްރޫއަށް ހަރަދުކުރާނީ އިންޑިއާއިން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

މި މަޝްރޫއުއާ ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ގަން އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަސަައްކަތް ނިމުމުން އެއަރޕޯޓު ޓާމިނަލުގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި އިންޓަރނޭޝަނަލް ޓާމިނަލް އަޕްގްރޭޑްކުރުމުގެ ދަށުން ޑޮމެސްޓިކް ޓާމިނަލް އެޅުމާއި އެކްސެސް ރޯޑްސް ހެދުމާއި ސަޕޯޓް އިންފްރާސްޓްރަކްޗަރ ހެދުން ހިމެނެއެވެ.

މި މަޝްރޫއާ އެކު، ދެކުނަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށާއި ސީ ޕްލޭން އޮޕަރޭޝަންތައް ފުޅާވެގެންދާނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
50%
0%
0%
25%
0%
25%
ކޮމެންޓް
15 ޖުލައި 2021 | ބުރާސްފަތި 12:44
އަހުމަދުވާފިރު
ސަރުކާރުންބުނެބަލަ ގަންއިންޓަނޭޝަނަލްއެއާޕޯޓުގެ މަސައްކަށް ފައްޓާދުވަހެއް އަދިމާބޮޑައް އަޅުގަނޑުމެން ބޭނުން ނިމޭނެދުވަހެއްއެ.ގެން ވަރިހަމަ ހައިކޮމިޝަނުން އެއާޕޯޓު ނިމޭނެދުވަހެއް ބުންޏަސް އުއްމީދުކުރަނީ ނިމޭނެތާރީޙެއްވަރައް އަވަހައް އެނގޭނެކަމައް ޝުކުރިއްޔާ
13 ޖުލައި 2021 | އަންގާރަ 11:33
ރަޝީދު
އައްޑުއަށް މިހާރު ގެސްޓުން ނާންނަނީ ޓަމިނަލް ކުޑަވެގެންކަމަށް ގަބޫލެއް ނުކުރެވެ. ޓާމިނަލް ބޮޑުކުރިއަސް އަންނާނެ މީހަކު ނުވާނެ.