ކ. މާލެ
|
13 ޖުލައި 2021 | އަންގާރަ 08:14
އައު ނޫޓަށް ބަދަލުކުރުމަށް ހުށަހެޅޭނެ ފަހު ތާރީހަކީ މި މަހުގެ 31 ގެ ނިޔަލަށް
އައު ނޫޓަށް ބަދަލުކުރުމަށް ހުށަހެޅޭނެ ފަހު ތާރީހަކީ މި މަހުގެ 31 ގެ ނިޔަލަށް
ޕޮލިސް
ކުރީގެ ކަރުދާސް ނޫޓުތައް
ކުރީގެ ކަރުދާސް ނޫޓުތައް އައު ނޫޓަށް ބަދަލުކުރުމަށް އަނެއްކާވެސް އިލްތިމާސްކޮށްފި
 
ކުރީގެ ކަރުދާސް ނޫޓުތައް ބޭނުންކުރުން ހުއްޓާލާފައިވަނީ "ރަންދިހަ ފަހެއް" ނޫޓް ސީރީޒް ބޭނުންކުރަން ފެށުމާ ގުޅިގެން

ކުރީގެ ކަރުދާސް ނޫޓުތައް އައު ނޫޓަށް ބަދަލުކުރެވޭނީ މި މަހުގެ 31 ގެ ނިޔަލަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން އަނެއްކާވެސް މިވަނީ އެ އިދާރާ އިން ކަނޑައަޅާފައިވާ ތާރީހުގެ ކުރިން ކުރީގެ ނޫޓުތައް އައު ނޫޓަށް ބަދަލުކުރުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، 2016 ވަނަ އަހަރު ނެރުނު ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓު ވަނީ ނެރެފައެވެ. ކުރިން ބޭނުންކުރި ކަރުދާސް ނޫޓްތައް ބަދަލުކުރުމަށް އެމްއެމްއޭއިން ވަނީ ދިގު މުއްދަތެއް ދީފައެވެ.

އެމްއެމްއޭއިން ބުނީ މި ތާރީހުގެ ފަހުން، ކުރިން ބޭނުންކުރަމުން އައި ކަރުދާސް ނޫޓުތައް ބަދަލު ނުކުރެވޭނެ ކަމަށެވެ. އެމްއެމްއޭއިން ބުނީ މިހާރު ވެސް ގިނަ އަދަދެއްގެ ކުރީގެ ކަރުދާސް ނޫޓުތައް އެ އިދާރާއަށް ލިބިފައިވާކަމަށެވެ.

ކުރީގެ ކަރުދާސް ނޫޓުތައް ބޭނުންކުރުން ހުއްޓާލާފައިވަނީ "ރަންދިހަ ފަހެއް" ނޫޓް ސީރީޒް ބޭނުންކުރަން ފެށުމާ ގުޅިގެންނެވެ. ސަލާމަތީގޮތުން ރައްކާތެރި، އަދި ކޮލިޓީ ރަނގަޅު ރަންދިހަ ފަހެއް ނޫޓް ސީރީޒް ބޭނުންކުރަން ފަށާފައިވަނީ 26 ޖަނަވަރީ 2016 ގައެވެ. ދިވެހި ރުފިޔާގެ އާ ނޫޓް ސީރީޒްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ އަދި ޒަމާނީ ނޫޓްތަކެކެވެ. މި ނޫޓްތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް ބަލައިލާއިރު، ރަންދިހަ ފަހެއްގެ ނޫޓްތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭނެއެވެ. އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނައިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއް ނޫނެވެ. ރަންދިހަ ފަހެއްގެ ނޫޓް ސީރީޒްގެ ނޫޓްތަކަކީ، ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް ވެސް ނޫޓްތައް ދެނެގަތުމަށް ފަސޭހަ ފީޗާސްތަކެއް އެކުލެވިގެންވާ ނޫޓްތަކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
25%
25%
0%
0%
50%
0%
ކޮމެންޓް