ކ. މާލެ
|
13 ޖުލައި 2021 | އަންގާރަ 07:54
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަދި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަދި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
ރައީސް އޮފީސް
ރައީސް ސާލިހު
ރައީސް ސާލިހަކީ ޑިމޮކްރަސީ ރަނގަޅަށް ފަހުމުވެވަޑައިގަންނަވާ، ޑިމޮކުރަސީއާ ރައްޓެހި ލީޑަރެއް - މިނިސްޓަރ މައުސޫމް
 
ރައީސް ޞާލިހްގެ ހުރިހާ ފޯކަސްއެއް ހުންނެވީ އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގެ ވައުދު ފުއްދަން
 
ޑިމޮކުރަސީ ދޮންވެ ފައްކާވީމާ ރިޔާސީ އީދުގައި ރައްޔިތުން އަތްޖަހާނީ މީހާއަކަށް ނޫން، މެނިފެސްޓޯއަށް
 
ރިޔާސީ ކެންޑިޑޭޓުން މިހާ އަވަހަށް، ބައިބަހާ، ބޯކޮށް ތިލަވާން ފެށުމަކީ 2023ގެ ރިޔާސީ އީދުގެ ފޯރީގެ ކޮޅުމަތި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަކީ ޑިމޮކުރަސީ ރަނގަޅަށް ފަހުމުވެވަޑައިގަންނަވާ، ޑިމޮކުރަސީއާ ރައްޓެހި ލީޑަރެއް ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބު ބާއްވަން ދެ އަހަރާ ދެ މަސް ދުވަހަށް އޮއްވައި، ރިޔާސީ ކެންޑިޑޭޓުން މިހާ އަވަހަށް، ބައިބަހާ، ބޯކޮށް ތިލަވާން ފެށުމަކީ 2023ގެރިޔާސީ އީދުގެފޯރީގެ ކޮޅުމަތިވުން ކަމަށެވެ. އަދި ޑިމޮކުރަސީ ދޮންވެ ފައްކާވީމާ ރިޔާސީ އީދުގައި ރައްޔިތުން އަތްޖަހާނީ މީހާއަކަށް ނޫން ކަމަށާއި މެނިފެސްޓޯއަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ ރައީސް ޞާލިހްގެ ހުރިހާ ފޯކަސްއެއް ހުންނެވީ އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގެ ވައުދު ފުއްދަން ކަމަށާއި، މިކަމުން ދޭހަވަނީ އެމަނިކުފާނަކީ ޑިމޮކުރަސީ ރަނގަޅަށްފަހުމުވެލައްވާ، ޑިމޮކުރަސީއާ ރައްޓެހި ލީޑަރެއްކަމަށެވެ.

މިނިސްޓަރ މައުސޫމް މިމޭރުމުން ޓުވީޓްކުރައްވާފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބެއް ބާއްވާނަމަ އެ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ކުރިމަތިލައްވާނީ އެމަނިކުފާނުކަމަށް ވިދާޅުވެފައެވެ. އަދި ދާދި ފަހުން އެމަނިކުފާނު މިވަނީ ރައީސް ޞާލިހާއެކު ސިޔާސީ ގޮތުން އެކުގައި މަސައްކަތްކުރެއްވެން ނެތް ކަމަށާއި، ކުރީގެ ރައީސް އިބްދުﷲ ޔާމީންއާ އެކު މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

ރައީސް ޞާލިހުގެ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ހިންގަންޖެހުނު ނަމަވެސް ގައުމުގެ ތަރައްގީގެ ގިނަ މަޝްރޫއުތައް ދަނީ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
މުއިއްޒު އެވެ. ފުނޑާލައްވަން ތިޔަ އުޅުއްވަނީ ލާމަރުކަޒީ ނިޒާމެއް ނޫންތޯ އެވެ؟
އަލް އަހްލީ ހޮސްޕިޓަލަށް އިސްރޭލުން ދިން ޙަމަލާ ރައީސް ޞާލިޙް ކުށްވެރިކުރައްވައިފި
މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް އެރަށުން އަނެއް ރަށާ ވާދަކުރާނެ: މިނިސްޓަރު މައުސޫމް
އަހަރު ނިމޭއިރު އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމަށް ޗައިނާވުން އެކަށީގެންވޭ: މައުސޫމް
އިންތިޚާބު އެއްބުރުން ކާމިޔާބުކުރުމަށް ކުރާ މަސައްކަތުގައި ސީލްކޮށް، ތައްގަނޑު ޖަހާނީ އައްޑޫ ސިޓީން - ރައީސް
ޖަޒީރާ ރާއްޖެ އުފާވެރި އަމާންރާއްޖެއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް