ކ. މާލެ
|
12 ޖުލައި 2021 | ހޯމަ 23:27
ރީކޯ މޫސާ މަނިކާއި ރައީސް ޞާލިޙު
ރީކޯ މޫސާ މަނިކާއި ރައީސް ޞާލިޙު
ރާއްޖެއެމްވީ
ރީކޯ މޫސަ
ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިވަގުތު ހުރި އެންމެ ނުފޫޒުގަދަ މީހަކީ ރައީސް ޞާލިޙު- ރީކޯ
 
ބަޔަކު ޕާޓީއެއްހެދިޔަސް، އަމިއްލަޕާޓީ ތެރެއިން ބޮޑާހޭކިޔަސް އަދި އިދިކޮޅުން ރައްދެއްދިނަސް އަމާޒުވަނީ ހަމަަ ރައީސް ޞާލިޙާ 2023ގެ ރިޔާސީ އިންތިޚާބާ އަޅުވާފައި

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިވަގުތު ހުރި އެންމެ ނުފޫޒުގަދަ މީހަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާރސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

މޫސަ ވިދާޅުވީ، މިއީ މިހާރު ސީޔާސީ ދާއިރާގެ އެންމެންވެސް ގަބޫލުކުރާނެ ހަގީގަތެއް ކަމަށެވެ. ކޮންމެ ފާޑުކިޔުމެއްވެސް ރައީސް ޞާލިޙާ ހިސާބުން ނިމޭ ސަބަބަކީ މިއީ ކަމުގައި މޫސަ ވިދާޅުވިއެވެ. އެގޮތުން ބަޔަކު ޕާޓީއެއް ހެދިޔަސް، އަމިއްލަޕާޓީ ތެރެއިން ބޮޑާހޭކިޔަސް، އަދި އިދިކޮޅުން ރައްދެއްދިނަސް އަމާޒުވަނީ ހަމަަ ރައީސް ޞާލިޙާ 2023ގެ ރިޔާސީ އިންތިޚާބާ އަޅުވާފައިކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ މިހެން ވިދާޅުވެފައި މިވަނީ، ރައީސް ސާލިޙާއެކު ސިޔާސީ މަސައްކަތް ކުރެއްވުމަށް ނުވިސްނަވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ދާދިފަހުން އޮތް "އާސްކް ސްޕީކަރ"ގެ 3ވަނަ ޕްރޮގްރާމްގައި ރައީސް ނަޝީދު ވަނީ، ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްތައް ކުރައްވަން ތައްޔާރަށް ހުންނެވިކަން ދޭހަވާފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ރައީސް ނަޝީދު ގެންދަވަނީީ އެމަނިކުފާނުގެ މި ޚިޔާލުފުޅު އެމްޑީޕީގެ ލީޑަރޝިޕްގެ އިސްވެރިންނާވެސް ހިއްސާ ކުރައްވަމުންނެެވެ. ދާދި ފަހުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ މެމްބަރުން ނުރުހުނުކަމަށް ވިޔަސް، ސިޔާސީ މަސައްކަތުގައި ރައީސް ޔާމީނުގެ އެހީއަށް އެދިވަޑައިގަންނަވާނެކަން ހާމަ ކުރައްވާފައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގެ ތެރެއިން ދައުރުވަމުންދާ މެސެޖުތަކުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ޞާލިޙާ ޒާތީ ގޮތުން އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ފިކުރީ ގޮތުން ޚިޔާލު ތަފާތީކަމަށެވެ.

އެމްޑީޕީގެ ތެރޭގައި ހަރުކަށި ފިކުރު އާލާވަމުންދާކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވަނީ، އެމަނިކުފާނު ބޭނުންފުޅު ވަނީ ދީނީ ގޮތުން މެދުމިނުގެ ފިކުރެއްކަމަށް ވިިދާޅުވެފައެވެ. އަދި ރައީސް ޔާމީނާއި ޕީޕީއެމްއިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރައްވާނަމަ އެފަރާތްތަކުގެ އެހީއަށް އެދިވަޑައިގަންނަވާނެކަންވެސް ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
63%
0%
13%
0%
13%
13%
ކޮމެންޓް
13 ޖުލައި 2021 | އަންގާރަ 08:22
ހެއްރަބެ
މޫސަ ރައީސް ސޯލިހް އަށް ތިހާވަރަށް ތައުރީފް ކުރަށްވަނީ އަނެއްކާ ކޮންފަދަ ކަމެއް ބޭނުން ފުލު ވެގެންތޯ؟؟؟
13 ޖުލައި 2021 | އަންގާރަ 00:11
ނަޖުމީ
ރާއްޖޭގެ މަޝްރިހުގަ މިހާރުހުރި އެންމެނުފޫޒުގަދަ މީހަކީ ރީކޯމޫސާމަނިކުކަން ފާހަގަ ކުރެވޭ 2023ގަ އިޔާސީ އިންތިހާބު ކާމިޔާބު ކުރާނީވެސް މޫސާމަނިކު ގުޅޭ ޕާޓީއެއް
ގުޅުންހުރި
ހަގީގަތުގައި ޤައުމަށް ގައްދާރުވުމަކީ ދޮގު ވާހަކަ ދައްކައިގެން ޤައުމީ ސަލާމަތަށް ނުރައްކާކުރުން: މޫސަ
ވަޒީރަށް ރުހުން ދޭންވާނީ ބަލާފައި، އެއް މަސްގަނޑަކުން ހެދިކާ ހަދާ އުސޫލަކުންނެއް ނޫން - ރީކޯ މޫސަ
މާވަށު ދާއިރާއަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރީކޯ މޫސަ އިއުލާނު ކުރައްވައިފި
މޭޔަރަކަށް ހުންނަވާ އެއްކަމެއްވެސް ނުވި ބޭފުޅަކަށް ވެރިކަން ކުރެއްވިދާނެތޯ މޫސަ ސުވާލު އުފައްދަވައިފި
ތަނަކުން ފޮއްޓެއް ހިފައިގެން ސިފައިންގެ މީހަކު އަރާ ކޮންމެ ފަހަރަކު ގައުމުގެ އިސްތިޤްލާލެއް ނުގެއްލޭނެ - މޫސަ
"ކުރީގެ ސަރުކާރުތަކުން މާލެ ކައިރި ރަށްރަށާއި އަތޮޅުވެރިކަން ކުރާ ރަށްތައް ފިޔަވައި އެހެން ހިސާބުތައް ތަރައްްޤީކޮށްފައި ނުވޭ"
ޓިކެޓް ގަންނަން ވަހީދު އެއް މިލިއަން ޑޮލަރު ދެއްވި، ކެންޑިޑޭޓަކީ މުއިއްޒުތޯ ބަލަން ޖެހޭ: ރީކޯ މޫސަ
ރަނިންގމޭޓް ކަމަށް ޝައުގްވެރިކަމެއް ނެތް: ފައްޔާޒު