ކ. މާލެ
|
12 ޖުލައި 2021 | ހޯމަ 09:54
އިނގިރޭސިވިލާތް - ލުއިތަކެއް ދިނުމަށް މިހާރުވަނީ ތައްޔާރުވެފައި
އިނގިރޭސިވިލާތް - ލުއިތަކެއް ދިނުމަށް މިހާރުވަނީ ތައްޔާރުވެފައި
ރޮއިޓަރސް
ކޮވިޑް-19 އިނގިރޭސިވިލާތުގެ ހާލަތު
ލުއި ދިނުމަށް ތައްޔާރުވަމުން އަންނައިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ބޮރިސް ގޮވާލައްވައިފި
ދޭނެ ލުއިތައް ހޯމަ ދުވަހު އިއުލާންކުރާނެ
ކޮވިޑްޖެހޭ މީހުންގެ އަދަދު އިތުރުނަމަވެސް މަރުވާ މީހުންނާއި އެޑްމިޓްކުރާ މީހުންގެ އަދަދު ވަނީ މަދުވެފައި
66 އިންސައްތަ މީހުންނަށްވަނީ ދެ ޑޯޒް ދީފައި

ކޮވިޑް-19ން ރައްކާތެރިވުމަށް އިނގިރޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތަކަށް ދޭނެ ލުއިތައް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއުލާންކުރައްވަން ތައްޔާރުވެ ވަޑައިގަންނަވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަންދިނުމަށް ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

ފިޔަވަޅުތަކަށް ދޭނެ ލުއިތަކާއި ގުޅޭގޮތުން އެންމެ ފަހުގެ ތައްޔާރީތައް ބޮރިސް ގެންދަނީ ކުރައްވަމުންނެވެ. ހޯމަ ދުވަހު ދޭނެ ލުއިތައް އިއުލާންކުރާނެކަމަށް ބެލެވޭއިރު އާންމު ތަންތަނުގައި މާސްކު އެޅުމާއި ގައިދުރުކުރުމާއި ގޭގައި ތިބިގެން މަސައްކަތްކުރުން ފަދަ ފިޔަވަޅުތަކަށް ލުއިތަކެއް ދޭނެކަމަށް ބެލެވެއެވެ.

އާދިއްތަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޕެންޑަމިކް އަދި ނުނިމޭކަމަށާއި ދޭނެ ލުއިތައް ފައިނަލްކުރަމުންދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަންދިނުމަކީ މުހިންމު ކަމެއްކަމަށެވެ.

އިނގިރޭސިވިލާތަކީ ދުނިޔޭގައި އެންމެ ހަލުވިމިނުގައި އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދިން އެއް ގައުމެވެ. އެގައުމުގެ ވެކްސިން ޖަހާ އުމުރުގެ އާބާދީގެ 87 އިންސައްތަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާއިރު ދެ ޑޯޒް ޖެހި މީހުންގެ އިންސައްތައަކީ 66 އިންސައްތައެވެ.

ވެކްސިން ދެމުން އައިނަމަވެސް އިނގިރޭސިވިލާތުގައި ކޮވިޑްގެ ހާލަތު ވަނީ ފާއިތުވި ދުވަސްތަކުގައި ގޯސްވެފައެވެ. ވަކިން ހާއްސަކޮށް ފިނި މޫސުމަށްފަހު އެގައުމުގައި ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު ވަނީ މަތިވެފައެވެ.

އިނގިރޭސި ސަރުކާރުން ބުނެފައިވަނީ ކޭސްތައް އިތުރުވިނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންނާއި މަރުވާ މީހުންގެ އަދަދު ވަނީ ދަށްކުރެވިފައިކަމަށެވެ.

މާސްކު އެޅުން އިހުތިޔާރީ ކަމެއްގެ ގޮތުގައި އައު ގައިޑްލައިންގައި ހިމެނިނަމަވެސް އިންޑޯރގައި މާސްކު އެޅުން މަޖުބޫރުކުރާނެކަމަށް ވަނީ ބެލެވިފައެވެ. ޖޯންސަންގެ އޮފީހުން ބުނެފައިވަނީ ފިޔަވަޅުތަކަށް ލުއިދޭނީ ހަތަރު ކަމަކަށް ބެލުމަށްފަހު ކަމަށެވެ. އޭގެތެރޭގައި އެކަށީގެންވާ އަދަދެއްގެ މީހުންނަށް ވެކްސިން ދެވުމާއި، ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންގެ އަދަދު މަދުވުމާއި ބަލީގައި މަރުވާ މީހުންގެ އަދަދު މަދުވުމާއި ވޭރިއަންޓްތަކުގެ ސަބަބުން ސިއްހީ ތަންތަނަށް ބާރު ބޮޑުނުވުމެވެ.

ބައެއް ސައިންސްވެރިންނާއި މާހިރުން ވަނީ ފިޔަވަޅުތަކަށް މާއަވަހަށް ލުއިދޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް