ކ. މާލެ
|
11 ޖުލައި 2021 | އާދީއްތަ 18:40
ސަރ ރިޗަރޑް ބްރޭންސަން ޖައްވަށް ދިއުމަށް ހަމަޖެހިފައި ވަނީ ވަރޖިން ގެލެކްޓިކް ފްލައިޓެއްގައި
ސަރ ރިޗަރޑް ބްރޭންސަން ޖައްވަށް ދިއުމަށް ހަމަޖެހިފައި ވަނީ ވަރޖިން ގެލެކްޓިކް ފްލައިޓެއްގައި
ސަރ ރިޗަރޑް ބްރޭންސަން ޖައްވަށް ދިއުން
ސަރ ރިޗަރޑް ބްރޭންސަން ޖައްވަށް ކުރާ ދަތުރު ފަސްކޮށްފި
ލައިވް ބްރޯޑްކާސްޓްކުރާ މިދަތުރުގައި ދެ ޕައިލެޓުންނާއި އިތުރު 3 ފަސިންޖަރުން ބައިވެރިވޭ
ޖައްވަށް ދާން ފުރާނީ ނިއު މެކްސިކޯއިން
ޖައްވަށް ދާން ފުރާނީ ރާއްޖެ ގަޑިން ރޭގަނޑު 07:30ގައި

ސަރ ރިޗަރޑް ބްރޭންސަން ޖައްވަށް ކުރާ ދަތުރު ފަސްކޮށްފިއެވެ.

ރާއްޖެ ގަޑިން ހަވީރު 04:00ގައި ފެށުމަށް ހަމަޖެހިފައިވާ މި ދަތުރު ރޭގަނޑު 07:30ށް ފަސްކޮށްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ވަރޖިން ގެލެކްޓިކުން ވަނީ ބުނެފައެވެ.

އޭނާ ޖައްވަށް ދިއުމަށް ހަމަޖެހިފައި ވަނީ ވަރޖިން ގެލެކްޓިކް ފްލައިޓެއްގައެވެ. އަދި ޖައްވަށް ދާން ފުރާނީ ނިއު މެކްސިކޯއިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދަތުރު ވަނީ ލައިވް ބްރޯޑްކާސްޓް ކުރަން ހަމަޖެހިފައެވެ. މި ދަތުރުގައި ސަރ ރިޗަރޑްއާ އެކު ދެ ޕައިލެޓުންނާއި އިތުރު ތިން ފަސިންޖަރުން ދަތުރުކުރާނެއެވެ.

ސަރ ރިޗަރޑް ވަނީ ކަސްޓަމަރުންނަށް މިގޮތަށް ދަތުރުތައް ދިއުމަށް ފުރުސަތު ހުޅުވާލުމުގެ ކުރިން އަމިއްލަ އަށް މިކަންތައް ތަޖުރިބާކޮށްލަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިއީ އެންމެ ކުޑަ އިރުއްސުރެ ވެސް ކުރަން ބޭނުންވި ކަމެއް ކަމަށާއި އުންމީދަކީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އިތުރު އެތައް ބަޔަކަށް މިފުރުސަތު ލިބުން ކަމަށް ސަރ ރިޗަރޑް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް