ކ. މާލެ
|
11 ޖުލައި 2021 | އާދީއްތަ 13:10
ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވެކްސިން ޖެހުން
ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވެކްސިން ޖެހުން
ރޮއިޓަރސް
ވެކްސިން ނުޖަހާ މީހުން
ވެކްސިން ނުޖަހާ މީހުންނަކީ "ވޭރިއަންޓް އުފައްދާ ފެކްޓްރީ"
ވެކްސިން ނުޖަހާ މީހުންގެ ނުރައްކާ އެމީހުންގެ އަމިއްލަ ނަފްސަށާއި މުޅި މުޖުތަމައުއަށް އެބަ އޮތް
ވޭރިއަންޓްތައް އުފެދޭނެ ހަމަ އެކަނި ގޮތަކީ އިންސާނުންގެ ހަށިގަނޑަށް ވައިރަހަށް ވަދެ މިއުޓޭޓްވުމުގެ ފުރުސަތު ލިބުން
ވައިރަސް މިއުޓޭޓް ވަމުންދާ އިރު ނުރައްކާތެރި ވޭރިއަންތްތައް އުފެދުމުގެ ފުރުސަތު ބޮޑު

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ނުޖަހާ މީހުން، ނުރައްކާގެ ތެރެއަށް ވައްޓާލަނީ އެ މީހުންގެ އަމިއްލަ ނަފްސު ނޫން ކަމަށާއި އެ މީހުންގެ ސަބަބުން އެހެން މީހުންނަށް އޮތް ނުރައްކާ ބޮޑުކަމަށް އިންފެކްޝަސް ޑިޒީސްގެ މާހިރެއް ކަމަށްވާ ޑރ. ވިލިއަން ޝެފްނަރ ވިދާޅުވެއްޖެއެވެ.

ވެންޑަރބިލްޓް ޔުނިވަރސިޓީ މެޑިކަލް ސެންޓަރގެ އިންފެކްޝަސް ޑިޒީސް ޑިވިޝަންގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ވިލިއަމް ވަނީ ވެކްސިން ނުޖަހާ މީހުންގެ ނުރައްކާތެރިކަން ބޮޑު ކަމަށާއި އެމީހުން ވެކްސިން ނުޖަހާ ތިއްބާ ބައްޔަށް ޕޮޒިޓިވް ވެއްޖެ ނަމަ އެމީހުން ވެގެން އެދަނީ ވޭރިއަންޓް އުފައްދާ ފެކްޓްރީތަކަކަށް ކަމަށް ވިދާޅުވެފައެވެ. ސަބަބަކީ އައު ވޭރިއަންޓްތައް އުފެދޭނެ ހަމަ އެކަނި ގޮތަކީ އިންސާނުންގެ ހަށިގަނޑަށް ވައިރަހަށް ވަދެ މިއުޓޭޓް ވުމުގެ ފުރުސަތު ލިބުން ކަމަށް ޑރ. ވިލައަމް ފާހަގަކުރެއްވިއެވެ.

ޑރ. ވިދާޅުވީ ވެކްސިން ނުޖަހާ މީހުން ގިނަ ނަމަ، ވައިރަހުގެ އައު ވޭރިއަންޓްތައް އުފެދުމުގެ ފުރުސަތު ބޮޑު ކަމަށެވެ. މިގޮތަށް ވައިރަސް މިއުޓޭޓް ވަމުންދާ އިރު، ނުރައްކާތެރި ވޭރިއަންޓްތައް އުފެދުމުގެ ފުރުސަތު ބޮޑުކަމަށް ވިދާޅުވިއެވެ. އޭގެ ސަބަބުން ބަލި ކޮންޓްރޯލްކުރުމުގެ ފުރުސަތު ކުޑަވެގެންދާއިރު، މިހާރު ވެސް ކޮރޯނާ ވައިރަހުގެ ނުރައްކާތެރި ގިނަ ވޭރިއަންޓްތަކެއް ވަނީ އުފެދިފައެވެ.

ކޮވިޑް-19 ދުނިޔޭގައި ފެތުރެން ފެށިތާ މިހާރު ދެ އަހަރާ ގާތްވެފައި ވާއިރު، ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވައިރަހުގެ ވޭރިއަންޓްތައް ވަނީ ފެނިފައެވެ. އެކި ސަރަހައްދުތަކުން ފެންނަ ވޭރިއަންޓްތަކުގެ އަސަރުކުރާ ވަރު ތަފާތު އިރު، އެންމެ ފަހުން ފެނިފައިވާ ގިނަ ވޭރިއަންޓްތަކަކީ ފަސޭހައިން ފެތުރިގެންދާ ނުރައްކާތެރި ވޭރިއަންޓެވެ. އަދި މިހާތަނަށް ކޮވިޑަށް އުފައްދާފައިވާ ވެކްސިންތަކުން އައު ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާވަރު ދަށްކަމަށް ފާހަގަކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް