ކ. މާލެ
|
11 ޖުލައި 2021 | އާދީއްތަ 07:39
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް ވެކްސިން ޕްރޮގްރާމް
ދެލައްކަ ވިހި ހާހަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފި
 
ހުކުރު ދުވަހު ވެކްސިން ޖަހާފައިވަނީ އަތޮޅު ތެރެއިން އެކަނި

ކޮވިޑް-19 އާ ދެކޮޅަށް ފެށި ވެކްސިން ކެމްޕޭންގެ ދަށުން ދެލައްކަ ވިހި ހާހަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ހުކުރު ދުވަހު ވެކްސިން ފުރިހަމަކޮށްފައިވަނީ 1289 މީހުންނެވެ. ހުކުރު ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެއް ނުވެއެވެ.

އެޗްޕީއޭއިން އާންމުކުރި މައުލޫމާތުތައް ދައްކާގޮތުން ހުކުރު ދުވަހު ވެކްސިން ޖަހާފައިވަނީ އަތޮޅު ތެރެއިން އެކަންޏެވެ. ހުކުރު ދުވަހު ވެކްސިން ފުރިހަމަ ކުރި 1289 މީހުންނާއެކު މިހާތަނަށް ރާއްޖޭގައި 220،950 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އަދި 318،142 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި ސިނޯފަރމް ވެކްސިން އަދި ފައިޒަރ ވެކްސިނެވެ. މީގެތެރެއިން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް މާލެ ސަރަހައްދުގައި މެއި މަހުގެ 2 ވަނަ ދުވަހު ޖެހުން މެދުކަނޑާލުމަށްފަހު އޭގެ ދެ މަސްދުވަސް ފަހުން ޖުލައި މަހުގެ 4 ވަނަ ދުވަހުން ފެށިގެން އަންނަނީ އެޕޮއިންޓްމަންޓް އުސޫލުން ދެ ވަނަ ޑޯޒް ޖަހަމުންނެވެ.

ސިނޮފަރމްގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖެހުމުގެ ކަންކަން ކުރިޔަށްދަނީ ސެނަހިޔާ އަދި ޓްރީޓޮޕް ހޮސްޕިޓަލުން ހެނދުނު 9:00ން 11:00ށް ވެކްސިން އަށެވެ. މީގެ އިތުރުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް އެޕޮއިންޓްމެންޓަށް ހުޅުވާލާފައިވާއިރު ފެބްރުއަރީ މަހާއި މާޗް މަހު، މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުން އެޕޮއިންޓްމަންޓަށް ހެދުމަށް ވަނީ އެދިފައެވެ.

ވެކްސިން ލިބުމުގައި ދިމާވި ދަތިތަކަށްފަހު ވެކްސިން ލިބުމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ މިހާރު ވެކްސިން ޖެހުމުގައި ދަތިކަމެއް ކުރިމަތިނުވެ، މެދުކެނޑުމެއް ނެތި ކުރިއަށްދާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް