ކ. މާލެ
|
10 ޖުލައި 2021 | ހޮނިހިރު 23:20
ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ކޮވިޑް ކޭސްތައް 100ން ދަށުން ރިޕޯޓްކުރާތާ ޖެހިޖެހިގެން ދެވަނަ ދުވަސް
 
އޭގެކުރީ 24 ގަޑިއިރު ޕޮޒިޓިވްވެފައިވަނީ 55 މީހުން
 
ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 90 މީހުން

ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 90 މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި 7012 ސާމްޕަލް ނަގާފައިވާއިރު ޕޮޒިޓިވްވެފައިވަނީ 90 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާ 23 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 58 މީހުންނާއި އަދި ހިންގަމުންދާ ރިސޯޓްތަކުންނާއި ހަދަމުންދާ ރަށްރަށުން 3 މީހުންނާއި، އަދި ރިސޯޓްތަކުން 6 މީހުންނެވެ.

ރާއްޖޭގައި މިވަގުތު 2650 މީހުން އަންނަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. މީގެތެރެއިން 21 މީހުންނަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ބަލި ޖެހުނު 74،993 މީހުންގެ ތެރެއިން 213 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.

ކޮވިޑް-19ގެ ހަތަރު ވަނަ ރާޅަށް ފަހު ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު މިހާރު އަންނަނީ ދަށްވަމުންނެވެ. އެގޮތުން ޖޫން މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 200ން ދަށުގައި ހުރުމަށްފަހު، ގާތްގަނޑަކަށް 3 މަސް ފަހުން، ޖުލައި މަހުގެ 9 ވަނަ ދުވަހު، ވަނީ ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 100އިން ދަށްވެފައެވެ. ޖުލައި މަހުގެ 9 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 55 މީހުންނެވެ.

ކޮވިޑްގެ 4 ވަނަ ރާޅަށްފަހު ފިޔަވަޅުތަކަށް ލުއި ދެމުން އައިސް ޖުލައި މަހުގެ 7 ވަނަ ދުވަހު ވަނީ ބޮޑެތި ހުރިހާ ލުއިތަކެއް ދީފައެވެ. އެގޮތުން 2 ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށަށް ކަރަންޓީނާ ނުލައި ދަތުރުކުރެވުމާއި، ރިސޯޓްތަކުގެ މުވައްޒަފުންގެ ތެރެއިން 2 ޑޯޒް ފުރިހަމަކޮށްގެން ތިބި މުވައްޒަފުންނަށް ރަށްރަށަށް ދެވޭގޮތަށް ވަނީ ލުއި ދީފައެވެ.

މާލޭގެ ކާފިއު އުވާލާފައިވާއިރު، ޖިމްތަކާއި ސެލޫންތަކާއި ކުޅިވަރު މައިޒާންތައް ހުޅުވާލައި ވިޔަފާރިތައް ހުޅުވައިގެން ޚިދުމަތް ދިނުމަށް ވަނީ ހުއްދަ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް
11 ޖުލައި 2021 | އާދީއްތަ 11:05
އެދުރުބެ
ދައްމަ ދައްމާ ނުތިއްބަވާ ވެކްސިން ބުރު އަވަސް ކުރެއްވޭތޯ ބައްލަވާ..........ޓެސްޓްކުރުމާއި ކޮންޓެކްޓް ޓްރޭސިންގަ އުޅުއްވާ ޓީމްތައްވެސް ވެކްސިނޭޝަން ޓީމްތަކުގައި ބައިވެރި ކުރަށްވައިގެން ވެކްސިން ބުރު ބާރު ބާރަށް ކުރިޔަށް ގެންގޮސް އަވަހަށް ނިންމާލަށްވާ.......އެހިސާބުން ދެން ކޮރޯނާ ވައިރަސް ޖެހޭމީހުންނަށް މާބޮޑު ނުރައްކަލެއް ނޯންނާނެ.....ޓެސްޓް ކުރުމާއި ކޮންޓެކްޓް ޓްރޭސިން ހެދުމާއި ކޮރަންޓީން ކުރުމުގައި ތިޔަކުޅުއްވާ ޑްރާމާ އަށް ނިމުމެއް ގެންނަވައި އަވަހަށް ވެކްސިން ދެވޭ އުމުރުގެ އެއްމެނަށް ވެކްސިން ދެއްވުމަށްފަހު ތިޔަ ކުޅިގަނޑު ނިންމަވާލަށްވާ.. މިހާރުދެން ރައްޔިތުންކެ ކެތްތެރިކަން މިދަނީ ކޮޅުން ލަމުން....
11 ޖުލައި 2021 | އާދީއްތަ 07:12
ހެއްރަބެ
ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިޔަސް ކޮރޯނާ ވައިރަސް ޖެހުމެއް ނުހުއްުުޓުވޭނެ!!! ޕޮޒިޓިވް ވުމެއްވެސް ނުހުއްޓުވޭނެ!!!! ތިޔަ ޓެސްޓް ކުރުމާއި ކޮންޓެކްޓް ޓްރޭސިންގެ ކުޅިގަނޑު ކުރިޔަށް ގެންދާހާ ހިދަކު ގިނަބަޔަކު ކޮރަންޓީން ކުރުމުގެ ސިލްސިލާ އަށް ނިމުމެއް ނާންނާނެ!!! ތިޔަކުރާ މާނައެއް ނެތް ކޮރަންޓީން ގެ ސަބަބުން ރާއްޖޭގެ އާއްމު ރައްޔިތުންގެ އިގްތިސޯދީ ހާލަތު ދުވަހުން ދުވަހަށް މި ދަނީ ދަށްވަމުން!!! ޓެސްޓް ކުރުމާއި ކޮންޓެކްޓް ޓްރޭސިންގެ ސިލްސިލާ ނިމުމަކަށް ގެނަސްގެން ނޫނީ ރާއްޖޭގެ ރައްޔިތުންނަށް ހަމަ ނޭވާ ލައިގެން ދިރިއުޅުމަށްޓަކާ އާމްދަނީ ހޯދޭނެ ގޮތެއްނެތް!!! ކޮރޯނާ ވައިރަސް އާއެކު ދިރިއުޅެން ދަސް ކުރުން ނޫން ގޮތެއް ނެތް!!! އެހެން ކަމުން ހެއްރަބެއަށް ފެންނަ ގޮތަކީ ތިޔަ ޓެސްޓް ކުރުމާއި ކޮންޓެކްޓް ޓްރޭސިންގެ ސިލްސިލާއަށް ނިމުމެއްގެނަސް ކޮރޯނާއާއެކު ދިރިއުޅެން ރައްޔިތުންނަށް ދަސްކޮށްދޭން ފަށަން ވެއްޖެކަމަށް ގަބޫލް ކޮށްގެން އެޗްޕީއޭ ގެ ހަރަކާތްތައް އެމަގަށް ބައްޓަން ކުރަށްވާށޭ!!!! އެނޫން ގޮތެއް ނެތްކަމަށް ގަބޫލް ކުރަށްވާ!!!!
11 ޖުލައި 2021 | އާދީއްތަ 00:03
އަބޯ
އަޅެ ކަރަންޓީން އައް ލުޔެއް ދީބަލަ އެންމެން 2ޑޯޒް އެއް ނުޖަހައޭ