ކ. މާލެ
|
9 ޖުލައި 2021 | ހުކުރު 22:32
ތިނަދޫ މަތިން ނަގާފައިވާ މަންޒަރެއް، އެންމެ ގިނައިން ރަށްތަކުން ކޭސްތައް ރިޕޯޓުކޮށްފައިވަނީ ތިނަދޫއިން
ތިނަދޫ މަތިން ނަގާފައިވާ މަންޒަރެއް، އެންމެ ގިނައިން ރަށްތަކުން ކޭސްތައް ރިޕޯޓުކޮށްފައިވަނީ ތިނަދޫއިން
ޓްވިޓަރ/ދޮންކޮޅު
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ހުކުރު ދުވަހު އަތޮޅުތެރެއިން ފެނުނީ 20 ކޭސް
މާލެ ސަރަހައްދުން ފެނިފައިވަނީ 25 ކޭސް
ހުކުރު ދުވަހު ރިޕޯޓުކޮށްފައިވަނީ 55 ކޭސް

ހުކުރު ދުވަހު އަތޮޅުތެރެއިން ރިޕޯޓުކޮށްފައިވަނީ ކޮވިޑުގެ 20 ކޭސް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 55 ކޭސް ފެނިފައިވާއިރު މާލެ ސަރަހައްދުން ފެނިފައިވަނީ 25 ކޭހެވެ. އަތޮޅުތެރެއިން ފެނިފައިވަނީ 20 ކޭހެވެ. އަދި އޭގެތެރޭގައި ރިސޯޓުތަކުން ފެނުނު 10 ކޭސް ހިމެނެއެވެ.

މުޅި ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 74،903ށް އަރާފައިވާއިރު އޭގެ ތެރެއިން 71،877 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލީގައި މިހާރު ވެސް 2،801 މީހަކު ފަރުވާހޯދަމުން އަންނައިރު އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 26 މީހުންނަށެވެ. އަދި 213 މީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑްގެ 4 ވަނަ ރާޅަށްފަހު ފިޔަވަޅުތަކަށް ލުއި ދެމުން އައިސް ބުދަ ދުވަހު ވަނީ ބޮޑެތި ހުރިހާ ލުއިތަކެއް ދީފައެވެ. އެގޮތުން 2 ޑޯޒް ފުރިހަމަކޮށްފައިވާ މީހުން، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށަށް ކަރަންޓީނާ ނުލައި ދަތުރުކުރެވުމާއި، ރިސޯޓްތަކުގެ މުވައްޒަފުންގެ ތެރެއިން 2 ޑޯޒް ފުރިހަމަކޮށްގެން ތިބި މުވައްޒަފުންނަށް ރަށްރަށަށް ދެވޭގޮތަށް ވަނީ ލުއި ދީފައެވެ.

މާލޭގެ ކާފިއު އުވާލާފައިވާއިރު، ޖިމްތަކާއި ސެލޫންތަކާއި ކުޅިވަރު މައިޒާންތައް ހުޅުވާލައި ވިޔަފާރިތައް ހުޅުވައިގެން ޚިދުމަތް ދިނުމަށް ވަނީ ހުއްދަ ދީފައެވެ.

- ކޮމެންޓް