ކ. މާލެ
|
9 ޖުލައި 2021 | ހުކުރު 04:45
ޢައްބާސް ފާއިޒް މަޖިލީހުގެ ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްއަތާ ބައްދަލުކުރެއްވުން
ޢައްބާސް ފާއިޒް މަޖިލީހުގެ ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްއަތާ ބައްދަލުކުރެއްވުން
އޭޖީ އޮފީސް
ރައީސް ނަޝީދަށް ދިން ހަމަލާ
ހަމަލާގެ ތަހުގީގަށް ވަޑައިގެންނެވި މަންދޫބު ބަންޑާރަ ނައިބާއި ބައްދަލުކުރައްވައިފި
 
241 ކޮމެޓީގެ މެންބަރުންނާވެސް މަންދޫބު ވަނީ ވަރޗުއަލްކޮށް ބައްދަލުކުރައްވާފައި
 
މަންދޫބު މީގެ ކުރިން ވަނީ މަޖިލީހު ނާއިބު ރައީސާ ބައްދަލުކުރައްވާފައި
 
އެ މަގާމަށް ރައީސް އޭނާ އައްޔަނުކުރެއްވީ މެއި މަހުގެ 19 ވަނަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކުރިޔަށްދާ ތަހުގީގު ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން އައްޔަނުކުރެއްވި ޢައްބާސް ފާއިޒް، ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްއަތާ ބައްދަލުކުރައްވައިފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަަރިސްޓް ހަމަލާގެ ތަޙްޤީޤުގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. މިކަމުގެ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މިޙާދިސާގެ ތަޙްޤީޤަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އައްޔަނުކުރެއްވި ޚާއްސަ މަންދޫބު އައްބާސް ފާއިޒް، މި ތަޙްޤީޤުގެ ކަންކަން ހިނގާނުހިނގާގޮތް ބެއްލެވުމަށް ދިވެހިރާއްޖެ ވަޑައިގެންފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ބަންޑާރަ ނައިބުގެ އިތުރުން އައްބާސް ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އާއި ވެސް ބައްދަލުކުރައްވާފައެވެ. އަދި ރާއްޖެވަޑައިގަތުމުގެ ކުރިން، މަޖިލީހުގެ 241 ކޮމެޓީގެ މެންބަރުންނާވެސް އޭނާވަނީ ވަރޗުއަލްކޮށް ބައްދަލުކުރައްވާ، ތަޙްޤީޤުގެ ކަންކަން ކުރިއަށްދާގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤާއި، އެންމެހާ ކޯޓު މަރުޙަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެގޮތުން އައްބާސް ފާއިޒް ޢައްޔަނުކުރައްވާފައިވަނީ މެއިމަހުގެ 19 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން މޭ 6 ގެ ޙަމަލާޔާގުޅޭ އެންމެހައި ތަޙުޤީޤެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ޙުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ޙާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓްތައްވެސް ތައްޔާރުކުރައްވާނެއެވެ. އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާޢީ، ސަޤާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ޚާއްޞަ މާހިރެކެވެ. އަދި، ދެކުނު އޭޝިޔާ ބައްރުގެ ޤައުމުތަކުގެ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތްކުރައްވައި، ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޤާބިލް ބޭފުޅެކެވެ.

އައްބާސް ފާއިޒަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެސެކްސްގައި ފާއިތުވި 3 އަހަރު ޤާނޫނީ ލެކްޗަރަރއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ރައީސް ނަޝީދަށް ދިން ހަމަލާ ތަޙްޤިގުކުރުމަށްޓަކައި ދިވެހި ފުލުހުންނާއި ބޭރުގެ ފަރާތްތަކާ ގުޅިގެން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ހަމަލާގެ ތަހުޤީޤަށް 5 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
އިޓްލޮސް މައްސަލައިގައި ބޭރުގެ މާހިރުންނާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރެވެން ނެތީ އެމީހުން ދައުވާކޮށްފާނެތީ: ސަރުކާރު
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި
ވަޒީރުންނަށް ރުހުން ނުދިނުން: ގާނޫނު އަސާސީގެ 129 ވަނަ މާއްދާ މުތުލަގަށް ނެތް ނަމަ ވާނީ ކިހިނެއް؟
އިޓްލޮސްގެ މައްސަލާގެ ރިޕޯޓާއެކު، ގާނޫނީ މާހިރުންގެ މައުލޫމާތާއި ޚަރަދުވި ފައިސާ ހާމަކުރާނެ: އޭޖީ