ކ. މާލެ
|
9 ޖުލައި 2021 | ހުކުރު 02:47
ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީ.ވީ.އެފް) ބައްދަލުވުމުގެ ތެރެއިން
ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީ.ވީ.އެފް) ބައްދަލުވުމުގެ ތެރެއިން
ރައީސް މުހައްމަދު ނަޝީދު / ޓްވިޓަރ
ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރަން
"ނާޒުކު ތިމާވެށި ލިބިފައިވާ ގައުމުތަކަށް މާލީ އެހީ އަދިވެސް ބޭނުން"
 
ފަންޑު އިތުރުކޮށް މަސައްކަތް ހަލުވިކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލެއްވި
 
މިކަން ހުއްޓުވުމަށް އަޅާ ފިޔަވަޅު މަދުވެ މިކަން ފޫބައްދަން ކުރަންޖެހޭ މަސައްކަތް އިތުރުވެފައިވާކަމަށް ވިދާޅުވި
 
ތިމާވެށީގެ މައްސަލަތަކަކީ ބައިނަލްއަޤްވާމީ ދުނިޔޭގައި އަބަދުވެސް ވާހަކަދައްކާ ވާހަކަތަކެއްކަމަށް ވިދާޅުވި

ނާޒުކު ތިމާވެށި ލިބިފައިވާ ގައުމުތަކަށް މާލީ އެހީ އަދިވެސް ބޭނުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީ.ވީ.އެފް) ގެ ފުރަތަމަ "ކްލައިމެޓް ވަލްނަރަބަލް ފައިނޭންސް ސަމިޓް"ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ސަމިޓުގައި ބައިވެރިންނައި މުހާތަބުކުރައްވާ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ތިމާވެށީގެ މައްސަލަތަކަކީ ބައިނަލްއަޤްވާމީ ދުނިޔޭގައި އަބަދުވެސް ވާހަކަދައްކާ މަޝްވަރާކުރަމުންދާ ކަންކން ކަމަށެވެ. ނަމަވެސް މިކަމާދެކޮޅަށް ކުރަން ހުރި މަސައްކަތްތައް ނުކުރެވި ލަސްވާކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވަނީ އަޅަންޖެހޭ ފިޔަވަޅުތައް އެތައް ގުނައެއް އިތުރުކުރުން އަވަސްކުރުން ލާޒިމުވާކަމަށެވެ. މިއަދު މިވަނީ މިކަންކަން ޢަމަލުން ދައްކަންވީ ވަގުތުކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މި ސަމިޓް ހުޅުވުމަށް ބޭއްވި ލީޑަރސް އިވެންޓުގައި ރައީސް ނަޝީދާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ އިތުރުން، އދ. ގެ ސެކެޓްރީ ޖެނެރަލް އެންތޮނިޔޯ ގުތޭޚެޝާއި، ޖަމިއްޔާގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަދި ދަ ގްލޯބަލް ކޮމިޝަން އޮން އެޑެޕްޓޭޝަން، ޖީ.ސީ.އޭގެ ބޯޑު ޗެއަރ ބަންކީ މޫނާއި، ވޯލްޑް ބޭންކް ގްރޫޕުގެ ރައީސް ޑޭވިޑް މަލްޕާސް އަދި އެމެރިކާގެ ސްޕެޝަލް ޕްރެޒިޑެންޝަލް އެންވޯއީ ފޯރ ކްލައިމެޓް ޖޯން ކެރީ ވަނީ ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަފާއެވެ.

ބަންގަލްދޭޝް ސަރުކާރުން އިންތިޒާމުކޮށް ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ މި ސަމިޓުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތީ، އިނގިރޭސިވިލާތުގައި ހުންނަވައިގެންނެވެ. ރައީސް ނަޝީދަކީ ކްލައިމެޓް ވަލްނަބަލް ފޯރަމްގެ ވުޖޫދަށް ގެނައުމުގައި އިސްދައުރެއް އަދާކުރައްވާފައިވާ ފައުންޑިންގ ޗެއަރއެވެ. ތީމެޓިކް އެމްބެސެޑަރ ފޯރ އެމްބިޝަންކަންވެސް ކުރައްވާ ރައީސް ނަޝީދު މި ސަމިޓުގައި ބައިވެރިވެވަޑައިގެންފައިވަނީ ސަމިޓުގެ މޮޑަރޭޓަރގެ ހައިސިއްޔަތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ރަސްމާލެ ހިއްކުމަށް، ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ވެލި ނެގޭގޮތަށް ގަވާއިދު އިސްލާހުކޮށްފި
މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި
އިންޓަނެޓުގެ ޚިދުމަތް ދޭގޮތުގެ ފެންވަރު މޮނިޓަރކޮށް ބެލެހެއްޓުމާ ގުޅޭ ކޮންސަލްޓެންސީ ޚިދުމަތް ދޭނެ ފަރާތެއް ހޯދަނީ
ޓެކްނޮލޮޖީގެ އެހީއާއެކު މުޅި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އިތުރަށް ފުޅާކުރާނަން: މިނިސްޓަރު
މިދިޔަ ސަރުކާރުން ތަރައްގީކުރި މާލޭ ވޭސްޓް ޓްރްންސްފަރ ސްޓޭޝަން ހިންގުން ވެމްކޯއާ ހަވާލުކޮށްފި
ތިލަފުށީގައި ކުނި އަންދައިގެން ހަކަތަ އުފައްދާ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށް ފަންޑު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: މިނިސްޓަރު
ހަކަތައިގެ މަގުޗާޓު މުރާޖަޢާކުރުމުގެ މަސައްކަތް ފަށައިފި