ކ. މާލެ
|
8 ޖުލައި 2021 | ބުރާސްފަތި 22:22
ހުޅުމާލެ ހޮސްޕިޓަލު ޕީސީއާރް ޓެސްޓް ހަދަނީ
ހުޅުމާލެ ހޮސްޕިޓަލު ޕީސީއާރް ޓެސްޓް ހަދަނީ
ހުޅުމާލެ ހޮސްޕިޓަލް
ވިޑް-19، ރާއްޖޭގެ ހާލަތު
ބުދަ ދުވަހު ޕޮޒިޓިވްވީ 124 މީހުން
 
އަތޮޅު ތެރެއިން ޕޮޒިޓިވްވެފައިވަނީ 73 މީހުން
 
މާލެ ސަރަހައްދުން ޕޮޒިޓިވްވީ 26 މީހުން

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 124 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން، ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ނަގާފައިވާ 5048 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 124 ސާމްޕަލްއެވެ. މީގެ ތެރޭގައި ގިނައީ އަތޮޅު ތެރެއިން ރިޕޯޓް ކުރި ކޭސްތަކެވެ. އަތޮޅު ތެރެއިން 73 މީހަކު ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވީ 26 މީހުންނެވެ. ރިސޯޓްތަކުން 9 މީހަކު ޕޮޒިޓިވްވެފައިވާއިރު، ސަފާރީއަކުން 3 މީހުން، އަދި ތަރައްގީ ކުރަމުން އަންނަ ރަށަކުން 13 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ބުދަ ދުވަހުގެ އަދަދުތަކާއެކު ރާއްޖެއިން މިހާތަނަށް 74،848 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެކްޓިވް ކޭސްތައް ވަނީ 2865ށް ވެއްޓިފައެވެ. މީގެ ތެރެއިން 22 މީހަކަށް ފަރުވާ ދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. 213 މީހަކު ބަލީގައި ނިޔާވެފައިވާ އިރު، 71،758 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑްގެ 4 ވަނަ ރާޅާއެކު ފިޔަވަޅުތަކަށް ލުއި ދެމުން އައިސް ބުދަ ދުވަހު ވަނީ ބޮޑެތި ހުރިހާ ލުއިތަކެއް ދީފައެވެ. އެގޮތުން 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށަށް ކަރަންޓީނާ ނުލައި ދަތުރުކުރެވުމާއި، ރިސޯޓްތަކުގެ މުވައްޒަފުންގެ ތެރެއިން 2 ޑޯޒް ފުރިހަމަ ތިބި މުވައްޒަފުންނަށް ރަށްރަށަށް ދެވޭގޮތަށް ވަނީ ލުއިތައް ދީފައެވެ.

މީގެ އިތުރުން މާލޭގެ ކާފިއު އުވާލާފައިވާ އިރު، ޖިމްތަކާއި ސެލޫންތަކާއި ކުޅިވަރު މައިޒާންތައް ހުޅުވާލައި ވިޔަފާރިތައް ހުޅުވައިގެން ޚިދުމަތް ދިނުމަށް ވަނީ ހުއްދަ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް