ކ. މާލެ
|
8 ޖުލައި 2021 | ބުރާސްފަތި 22:10
ނޯތު ހާބަރު ސަރަހައްދު، އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ރަށްތަކަށް ދާނެ
ނޯތު ހާބަރު ސަރަހައްދު، އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ރަށްތަކަށް ދާނެ
ޝުއައިބް މުހައްމަދު އިގްބާލް
މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތައް
27 ރަށެއް މޮނިޓަރިންގެ ހާލަތުގައި، މިރަށްތަކަށް ދަތުރެއް ނުކުރެވޭނެ
 
ބޮޑު އީދާއި ގުޅިގެން ބަންދު ދުވަސްތަކުގެ ގޮތުގައި 9 ދުވަސް ލިބޭ
 
އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން މިމަހުގެ 20ވަނަ ދުވަހަކީ އަޟްހާ އީދު

ކޮވިޑް-19ގެ ކޭސްތަކާއި ގުޅިގެން ޖުމްލަ 27 ރަށެއް މޮނިޓަރިންގެ ހާލަތުގައި އެބައޮތް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ބުރާސްފަތި ދުވަހުގެ ހަވީރު 4:48ގެ ނިޔަލަށް 27 ރަށެއް މޮނިޓަރިންގެ ހާލަތުގައި އޮތް ކަމަށެވެ.

އެއީ ކ.ހިންމަފުށި، ލ.ގަން، ލ.ފޮނަދޫ، ގދ.ތިނަދޫ، އައްޑޫ ސިޓީ (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ) ފ.ފީއަލި، ލ.އިސްދޫ، ލ.މާވަށް، ފުވައްމުލައް ސިޓީ، ގދ.ގައްދޫ، ގއ.ގެމަނަފުށި، ގއ.ވިލިނގިލި، ލ.ކަލައިދޫ، ނ.މިލަދޫ، މ.މުލަށް، ރ.އަލިފުށި، އއ.ތޮއްޑޫ، ރ.ދުވާފަރު، ނ.ވެލިދޫ، ރ.ފައިނު، ހދ.ހަނިމާދޫ، ގއ.ކޫއްޑޫ، ގއ.މާމެންދޫ، ގއ.ކޮލަމާފުށި، ހއ.ދިއްދޫ، ރ.މީދޫ އަދި ކ.ގުރައިދޫ އެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ފަރާތްތަކަށް، ނެގެޓިވް ޕީސީއާރް ޓެސްޓާއެކު، މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި ނެތް އެހެން ރަށަކަށް ދަތުރުކުރުމުގެ ފުރުސަތު ޖުލައި 8 ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ. އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން މިމަހުގެ 20 ދުވަހަކީ އަޟްހާ އީދެވެ. އެހެންކަމުން ގިނަ ބަޔަކު މާލެ ސިޓީ ދޫކޮށް އަތޮޅުތެރޭގެ ރަށްތަކަށް މިދުވަސްވަރު ދަތުރުކުރާނެއެވެ. ބޮޑު އީދާ ގުޅިގެން ބަންދު ދުވަސްތަކުގެ ގޮތުގައި 9 ދުވަސް ލިބެއެވެ.

މާލެސިޓީން ކޮވިޑް-19 ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ މިދަނޑިވަޅުގައި މިހާރު ގިނަ ކޭސްތައް ރިޕޯޓު ކުރެވެމުންދަނީ ވެސް އަތޮޅުތެރޭގެ ރަށްތަކުންނެވެ. މާޗު މަހުގެ ތެރޭގައި ކުރިމަތިވި ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާއެކު ހަރުކަށި ފިޔަވަޅުތަކެއް މާޗު މަހުގެ ތެރޭގައި އެޅިއެވެ. މިފިޔަވަޅުތަކާއެކު ކޭސްތައް ކޮންޓްރޯލްވެ މިހާރު ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން، ދަތުރުކުރުމުގައި ލުއި ދޭން ނިންމާފައިވާއިރު، މި ލުއިތައް މިގޮތަށް ދެވިފައި މިވަނީ މާލެ ސަރަހައްދުގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް 5 އިންސައްތައިން ދަށަށް ދިއުމުންނެވެ. އަދި މިގޮތަށް މިރޭޓް ދެމެހެއްޓުމަށް އާއްމު ރައްޔިތުން ސަމާލުވާން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް