ކ. މާލެ
|
8 ޖުލައި 2021 | ބުރާސްފަތި 21:17
ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކު ސިޓީ ކައުންސިލާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކު ސިޓީ ކައުންސިލާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ކައުންސިލްތަކާ ރައީސް ބައްދަލުކުރެއްވުން
ފުވައްމުލަކުގެ އައު ހޮސްޕިޓަލާއެކު އިތުރު ޚިދުމަތްތައް ގާއިމު ކުރެވޭނެ- ރައީސް
 
މަގުހެދުމުގެ މަޝްރޫއުގެ ތެރެއަށް ސްޓޯރމްވޯޓަރ ޑްރެއިނޭޖް ސިސްޓަމެއް އަދި ފަޔަރ ހައިޑްރަންޓް ހިމެނުމަކީ ވަރަށް މުހިއްމުކަމެއް
 
ފުވައްމުލަކުގައި ބަހައްޓާ ޕީސީއާރު މެޝިން، ސެޕްޓެމްބަރ މަހުގެ ނިޔަލަށް ގާއިމު ކުރެވިގެންދާނެ
 
ކައުންސިލްތަކަށް ދަތިވާ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެހީތެރިވަމުން ގެންދަވާނެ

ފުވައްމުލަކުގައި ސަރުކާރުން އަލަށް އެޅުމަށް ހަމަޖެހިފައިވާ 30 އެނދުގެ އައު ހޮސްޕިޓަލާއެކު، ފުވައްމުލަކަށް މިހާރު ބޭނުންޖެހިފައިވާ ޑައިގްނޯސްޓިކް ޚިދުމަތްތައް ގާއިމު ކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އައު ކައުންސިލަރުންނާ ބައްދަލު ކުރެއްވުމަށް ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ފުވައްމުލަކު ސިޓީގެ ކައުންސިލަރުންނާ ބައްދަލު ކުރައްވައި، އެ ސިޓީގައި ހިންގާ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު އިސްމާޢީލް ރަފީޤް ވަނީ ފުވައްމުލައް ސިޓީގައި ކުރިޔަށްދާ މަޝްރޫޢުތަކާއި ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދުމާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން މިހާރު ފުވައްމުލަކުގައި ސަރުކާރުން ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫޢުގެ ތެރެއަށް ސްޓޯރމްވޯޓަރ ޑްރެއިނޭޖް ސިސްޓަމެއް އަދި ފަޔަރ ހައިޑްރަންޓް ހިމެނުމަކީ ވަރަށް މުހިއްމުކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ސިއްހީ ދާއިރާގެ ތަރައްގީއަށް ފުވައްމުލަކުގައި ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ މި ހޮސްޕިޓަލް ތަރައްގީވެގެން އަންނައިރު ފުވައްމުލަކަށް މިހާރު ބޭނުންޖެހިފައިވާ ޑައިގްނޯސްޓިކް ޚިދުމަތްތައް މި ހޮސްޕިޓަލުގައި ގާއިމު ކުރެވިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ފުވައްމުލަކުގައި ކޮވިޑަށް ޓެސްޓުކުރުމަށް ޕޮއިންޓް އޮފް ކެއަރ މެޝިނެއް ބެހެއްޓުމުގެ މަސައްކަތަށް އަންނަ ހަފްތާގައި ޓެކްނީޝަނުން އެސިޓީއަށް ދިއުމަށް ހަމަޖެހިފައިވާކަމަށާއި، ވޯލްޑް ބޭންކުގެ އެހީގައި ފުވައްމުލަކުގައި ބަހައްޓާ ޕީސީއާރު މެޝިން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ގާއިމު ކުރެވިގެންދާނެކަން މިބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.

ހަދަންފަށާފައިވާ ގެތަކާއި މަރާމާތަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން މިހާރު އިއުލާނުކޮށްފައިވާ ގެދޮރުވެރިޔާ ލޯނުގެ ދަށުން ގިނަގުނަ ފަސޭހަތަކެއް ލިބިގެންގޮސްފައިވާކަން ކައުންސިލުން ފާހަގަކުރިއެވެ. އަދި މި ލޯނު ސްކީމް އިތުރަށް ފުޅާކުރުމުގައި ކުރެވިދާނެ ބައެއް ކަންކަން ފުވައްމުލައް ކައުންސިލްގެ ފަރާތުން ހިއްސާކުރެއްވިއެވެ.

ފުވައްމުލަކުގެ ކުނި ނެގުމުގެ މަސައްކަތަކީ ޚާއްޞަ އިސްކަމެއް ދީގެން ކުރެވެމުންދާ މަސައްކަތެއްކަން މި ބައްދަލުވުމުގައި ރައީސް ފާހަގަކުރައްވާފައިވެއެވެ.

ކައުންސިލަރުން ވަނީ ފުވައްމުލަކުގައި ކުށްމަދު ކުރުމަށާއި އަމާންވެއްޓެއް ގާއިމުކުރުމަށް ހުރި ހުރަސްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، އެސިޓީގައި ފުލުހުންގެ ޚިދުމަތާއި މަސްތުވާތަކެއްޗަށް ފަރުވާ ކުރުމުގެ ނިޒާމުގެ ތެރެއިން ފަރުވާ ނުދެވި ތިބި ފަރާތްތައް ފަރުވާގެ ނިޒާމުގެ ތެރެއަށް ގެނައުމަށް ކުރެވެންހުރި މަސައްކަތްތަކާބެހޭގޮތުން މަޝްވަރާކުރެވުނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުލުހުންގެ ޤާނޫނާއެކު، މާސްޓަރޕްލޭނެއްގެ ތެރެއިން އެކި ސަރަހައްދުތަކަށް ބަހާލެވިގެން 3 އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމުގައި ވިދާޅުވިއެވެ. ‎އަދި ރަށްރަށަށް ބޭނުންވާ އަދަދަށް ފުލުހުން އިތުރުކުރުމުގެ މަސައްކަތަކީވެސް ކުރިއަށްދާ ‎މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ އައު މެނޭޖްމަންޓާއެކު، ފަރުވާއަށް ރަނގަޅު ބަދަލުތަކެއް އަންނާނެކަމުގެ އުއްމީދު ބޮޑުކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި، ކައުންސިލްތަކަށް ދަތިވާ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެހީތެރިވަމުން ގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލަރުން ހުށަހެޅުއްވި ކަންކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ
ބާރު ސްޕީޑުގައި ދިޔަ ސައިކަލެއް އެކްސްކަވޭޓަރެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު މާލެ ގެނެސް ފަރުވާދެނީ
ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާ އަށް މާލެ ގެނެސްފި
ސަރުކާރުން ދަނީ ލޯކަލް ގަވަރންމަންޓް އޮތޯރިޓީ ބޭނުންކޮށްގެން ލާމަރުކަޒީ ނިޒާމު ގަނޑުބަނޑުކުރަމުން - އެމްޑީޕީ
ފަތުރުވެރިއެއްގެ ތަކެތި ވަަގަށްނެގިކަމަށް ތުހުމަތުކުރެވޭ މީހުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފި
ފުވައްމުލަކުގެ 50 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ: މިނިސްޓަރު
ކެނދިކުޅުދޫ ކައުންސިލުގެ ބަޔާނާ ގުޅިގެން އިންކުއަރީއެއް ހަދަން އެލްޖީއޭގެ ބޯޑަށް މައްސަލަ ނުގެންދިޔައީ ކަމުގެ މުއާލާތް ކެނޑިދާނެތީ: ޒުލްފާ
ފުވައްމުލަކު ސިޓީގައި އާ މިސްކިތެއް ހުޅުވައިފި