ކ. މާލެ
|
5 ޖުލައި 2021 | ހޯމަ 15:47
ތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ހެލްތު މިނިސްޓްރީ
ހެލްތް މިނިސްޓްރީ
ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފި
 
11 ޖީން އެކްސްޕާޓް މެޝިނާއި 10 އޮޓޯކްލޭވް ވެސް ހަދިޔާކޮށްފައިވޭ

ދިވެހިރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ބައެއް ތަކެތި ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މިތަކެތި މިނިސްޓްރީ އޮފް ހެލްތާއި ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ޑަބްލިޔުއެޗްއޯއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. ނާޒްނީން އަންވަރެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ކޮވިޑް-19 އާއި ގުޅިގެން ބޭނުންވާ ބައެއް ބޭހުގެ އިތުރުން، 11 ޖީން އެކްސްޕާޓް މެޝިނާއި، 10 އޮޓޯކްލޭވް، އަދި ކޮވިޑް-19 އާއި ގުޅިގެން ހަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމުތަކުން ބޭނުން ކުރުމަށް 6 މޮޓޯސައިކަލް ހިމެނެއެވެ. މީގެ އިތުރުންވެސް ކޮވިޑް-19 ވެކްސިން ރައްކާކުރުމަށް ބޭނުންވާ އާލާތްތަކާއި ޓެސްޓްކުރުމަށް ބޭނުންވާ 19،500 ޓެސްޓްކިޓް ވަނީ ހަވާލުކޮށްފައެވެ.

މިއަދު ހަވާލުކުރެވުނު ތަކެތީގެ ތެރެއިން 11 ޖީން އެކްސްޕާޓް މެޝިނާއެކު ރާއްޖޭގެ 18 އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލްތަކުގައި މެޝިންތައް ބެހެއްޓި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި އިތުރު 10 ރަށެއްގައި އޮޓޯކްލޭވް ބެހެއްޓި ސިއްހީ ޚިދުމަތްދިނުމަށް ބޭނުން ކުރެވޭތަކެތި ރައްކާތެރިކުރުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުންވެސް ރެޕިޑް ރެސްޕޮންސް ޓީމުތަކުގެ މަސައްކަތް އަވަސްވެ ޚިދުމަތް ފޯރުކޮށްދިނުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޚާއްސަކޮށް މިބައްޔަށް ޓެސްޓްކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ބޭނުންވާ މެޝިނާއި، ޓެސްޓްކިޓްތަކުގެ އިތުރުން ކޮންސިއުމަބަލްސް މެދުނުކެނޑި ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުންވެސް އިމަރޖެންސީ ސިއްހީ ޚިދުމަތްދިނުމަށް ބޭނުންވާ އާލާތްތަކާއި ބޭސްވެސް އެޖަމިއްޔާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
50%
50%
0%
0%
0%
0%
ކޮމެންޓް