ކ. މާލެ
|
5 ޖުލައި 2021 | ހޯމަ 14:03
ގަރާރު ދިރާސާކުރުމަށް ފޮނުވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް
ގަރާރު ދިރާސާކުރުމަށް ފޮނުވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް
ރައްޔިތުންގެ މަޖިލިސް
ޖިންސީ ގޯނާކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް
ރޭޕްކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ ހުށަހަޅާފައިވާ ގަރާރު ކޮމިޓީއަށް
 
މި ގަރާރު ހުށަހަޅުއްވާފައިވަނީ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް
 
އެފަދަ ހަޑިމުޑުދާރު އަމަލުތައް ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ވަނީ ގޮވާލާފައި

ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ ހުށަހަޅާފައިވާ ގަރާރު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވައިފިއެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ގަރާރު ކޮމިޓީއަށް ފޮނުވާފައި ވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 32 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ވޯޓުގައި ބައިވެރިވި 6 މެންބަރުން ވަނީ ވަކި ގޮތަކަށް ވޯޓު ދޭން ބޭނުންނުވާ ކަމަށް ބުނެފައެވެ.

ގަރާރު ހުށަހަޅުއްވާފައިވަނީ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. ގަރާރު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ އެފަދަ މައްސަލަތައް މަދުކުރެވޭނެ ގޮތްތަކެއް ރާވައި ހިންގުމަށާއި، އެފަދަ ހަޑިމުޑުދާރު އަމަލުތައް ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސްކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ، ގަރާރު ހުށަހަޅުއްވާ ކަމަށެވެ.

މެންބަރު ވިދާޅުވީ ރާއްޖޭގައި ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް ދިވެހިރާއްޖޭގައި އިތުރުވެ އަންހެނުންގެ ރައްކާތެރިކަމާއި ކަރާމާތަށް އަރައިގަންނަމުން ދާއިރު އެ ކަންކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅި، އެފަދަ މައްސަލަތަކަށް އިންސާފު ލިބުން ލަސްވަމުން ދާކަމަށެވެ.

ރޭޕްކުރުމާއި ޖިންސީ ގޯނާގެ ބައެއް މައްސަލަތަކުގައި ދަޢުވާ ނުކުރުމާއި، އެފަދަ މައްސަލަތައް ވަކި ހިސާބަކުން އޮއްބާލުމާއި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވުމުގެ ސަބަބުން، ރޭޕްކުރުމާއި ޖިންސީ ގޯނާގެ ޢަމަލުތައް ހިންގުން އިތުރުވަމުންދާތީއާއި އަދި މިކަމުގެ ސަބަބުން މުޖްތަމަޢުގައި ބިރުވެރިކަމާއި ނާމާންކަން އިތުރުވެ، މަގުމައްޗަށް ނިކުންނަން ޖެހިލުންވާ ހިސާބަށް ކަންކަން ގޯސްވެފައިވާތީ
މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް

މެންބަރު ވިދާޅުވީ ރާއްޖޭގައި ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް މަދު ކުރެވޭނެގޮތްތަކެއް ނިޒާމީގޮތެއްގައި ރާވައި ހިންގުމަށާއި އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފު ހޯދައިދީ، ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސްކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް