ކ. މާލެ
|
5 ޖުލައި 2021 | ހޯމަ 13:53
 ބިލު ދިރާސާ ކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީން
ބިލު ދިރާސާ ކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީން
ރައްޔިތުންގެ މަޖިލިސް
ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު
ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލުމަށް މަޖިލީހުން ފާސްކޮށްފި
 
މިކަން ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 44 މެންބަރުންގެ އިއްތިފާގުން

ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލުމަށްޓަކައި އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިކަން ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 44 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލު ދިރާސާ ކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ. މި ބިލަކީ ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް ހުށަހަޅުއްވާފައިވާ ބިލެކެވެ. ބިލް ހުށަހަޅުއްވަމުން އަލީ އާޒިމް ވިދާޅުވީ ބިލް ހުށަހަޅުއްވަނީ މިހާރު ޢަމަލުކުރަމުންދާ "އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު" އަކީ 1970 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ ޤާނޫނެއް ކަމަށްވެފައި، އެ ޤާނޫނުގެ ދަށުން ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ޚަރަދާ އަޅާބަލާއިރު ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއެއް ކަމުގައިނުވާތީ ކަމަށެވެ.

އެ ޤާނޫނުގެ ދަށުން ނަގަމުން އައިސްފައިވާ ރެވެނިޔު ސްޓޭމްޕްގެ ފައިސާއަކީ ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދެމުން އައި އެކިއެކި ޚިދުމަތްތަކަށް ނަގާ ފީއާއި އެނޫން ވެސް ފައިސާގެ ޒަރީއާއިން ހަމަޖެއްސޭނެ އާމްދަނީއެއް ކަމުގައިވާތީއާއި، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން ޚިދުމަތް ހޯދުމުގައި ދައްކަންޖެހޭ ފީއާއި އެހެނިހެން ފައިސާގެ އިތުރުން ރެވެނިޔު ސްޓޭމްޕް ޖަހަންޖެހުމުގެ ސަބަބުން އެފަރާތްތަކަށް އިތުރު ދަތިތަކާ ކުރިމަތިލާން ޖެހޭތީ އާއި ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް އޮތް ފުރުޞަތުތައް ފަސޭހަކަމާއެކު ކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ ސަރުކާރުގެ ސިޔާސަތު ތަކުގެދަށުން، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލުމަށް ބިލް ހުށަހަޅުއްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ސަރުކާރުން މި ބިލް ހުށަހަޅާ މަގްސަދަކީ ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރޭޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ރާއްޖޭގައި "ޑުއިންގ ބިޒްނަސް" ފަސޭހަކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން ރެވެނިއު ސްޓޭމްޕް ޖެހުމަކީ ވިޔަފާރިތަކަށް ދަތިކަމަކަށްވެފައި، ދައުލަތުގެ އެކި އިދާރާތަކަށް ފައިސާ ދެއްކުމުގެ ފަސޭހަ، އެހެނިހެން އާލާތްތައް ތަޢާރަފްވުމާއެކު މި އިންތިޒާމުން ލިބޭ އާމްދަނީ ދަށްވަމުންދިއުމާއި ސްޓޭމްޕް ޕްރިންޓުކުރުމަށް ޚަރަދުތަކެއް ހިނގާތީ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލުމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
50%
0%
0%
50%
0%
ކޮމެންޓް