ކ. މާލެ
|
5 ޖުލައި 2021 | ހޯމަ 11:36
މި ގަރާރު ހުށައަޅުއްވާފައިވަނީ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް
މި ގަރާރު ހުށައަޅުއްވާފައިވަނީ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް
މަޖިލިސް
ޖިންސީ ގޯނާކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް
ރޭޕްކުރުމުގެ މައްސަލަތައް އިތުރުވަމުންދާތީ ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ފަަށައިފި
 
އެފަދަ ހަޑިމުޑުދާރު އަމަލުތައް ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ވަނީ ގޮވާލާފައި

ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ފަށައިފިއެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ގަރާރު ހުށަހަޅުއްވާފައިވަނީ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. ގަރާރު ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ އެފަދަ މައްސަލަތައް މަދުކުރެވޭނެ ގޮތްތަކެއް ރާވައި ހިންގުމަށާއި، އެފަދަ ހަޑިމުޑުދާރު އަމަލުތައް ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސްކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ، ގަރާރު ހުށަހަޅުއްވާ ކަމަށެވެ.

މެންބަރު ވިދާޅުވީ ރާއްޖޭގައި ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް ދިވެހިރާއްޖޭގައި އިތުރުވެ އަންހެނުންގެ ރައްކާތެރިކަމާއި ކަރާމާތަށް އަރައިގަންނަމުން ދާއިރު އެ ކަންކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅި، އެފަދަ މައްސަލަތަކަށް އިންސާފު ލިބުން ލަސްވަމުން ދާކަމަށެވެ.

ރޭޕްކުރުމާއި ޖިންސީ ގޯނާގެ ބައެއް މައްސަލަތަކުގައި ދަޢުވާ ނުކުރުމާއި، އެފަދަ މައްސަލަތައް ވަކި ހިސާބަކުން އޮއްބާލުމާއި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވުމުގެ ސަބަބުން، ރޭޕްކުރުމާއި ޖިންސީ ގޯނާގެ ޢަމަލުތައް ހިންގުން އިތުރުވަމުންދާތީއާއި އަދި މިކަމުގެ ސަބަބުން މުޖްތަމަޢުގައި ބިރުވެރިކަމާއި ނާމާންކަން އިތުރުވެ، މަގުމައްޗަށް ނިކުންނަން ޖެހިލުންވާ ހިސާބަށް ކަންކަން ގޯސްވެފައިވާތީ
މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް

މެންބަރު ވިދާޅުވީ ރާއްޖޭގައި ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް މަދު ކުރެވޭނެގޮތްތަކެއް ނިޒާމީގޮތެއްގައި ރާވައި ހިންގުމަށާއި އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފު ހޯދައިދީ، ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސްކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން މި ޤަރާރު ހުށަހަޅުއްވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
50%
50%
0%
0%
0%
0%
ކޮމެންޓް