ކ. މާލެ
|
4 ޖުލައި 2021 | އާދީއްތަ 13:30
ރާއްޖޭގެ ރިސޯޓެއް
ރާއްޖޭގެ ރިސޯޓެއް
އަގޯޑާ
އިޓަލީގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުނ
އިޓަލީގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އީ-ލަރނިންގް ޕްރޮގްރާމެއް
 
މިޕްރޮގްރާމް ކުރިއަށް ގެންދާނީ އެއް އަހަރު ދުވަހުގެ މުއްދަތަށް
 
ޕްރޮގްރާމް ފަށާފައި މިވަނީ އިޓަލީގައި ރާއްޖޭގެ ފަތުރުވެރިކަށް އިޝްތިހާރުކޮށް އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް
 
ޓުއަރިޒްމޯ އެޓުއަލިޓާ އިން 30000 އަށްވުރެ ގިނަ ޓްރެވެލް އެޖެންޓުންގެ ޑޭޓާބޭސްއެއް ހިއްސާކުރޭ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޓުއަރިޒްމޯ އެޓުއަލިޓާ އާއި އެކީ އީ-ލަރނިންގް ޕްރޮގްރާމެއް ފަށައިފިއެވެ.

އިޓަލީގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ތަމްރީނުތައް ހިންގާ އެންމެ ބޮޑުއެއް ފަރާތްކަމަށްވާ ޓުއަރިޒްމޯ އެޓުއަލިޓާ އާއެކު އީ-ލަރނިންގް ޕްރޮގްރާމެއް ފަށާފައި މިވަނީ އިޓަލީގައި ރާއްޖޭގެ ފަތުރުވެރިކަށް އިޝްތިހާރުކޮށް އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމުގެ މަގުސަދުގައެވެ. ޓުއަރިޒްމޯ އެޓުއަލިޓާ އިން 30000 އަށްވުރެ ގިނަ ޓްރެވެލް އެޖެންޓުންގެ ޑޭޓާބޭސްއެއް ހިއްސާކުރެއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި އީ.ލަރނިންގް ޕްރޮގްރާމްގެ ދަށުން ޑޭޓާބޭސް ގައި ހިމެނޭ އެޖެންޓުންނަށް ރާއްޖެއާ ގުޅުން ހުރި ތަފާތު މަޢުލޫމާތު ހިއްސާކުރަން ވަނީ ހަމަޖެހިފައެވެ. އެގޮތުން މިޕްރޮގްރާމްގެ ދަށުން ރާއްޖޭގެ މައުލޫމާތުތައް ދިނުމަށް 10 ސެޝަން ކުރިއަށް ގެންދާނެއެވެ. މި ސެޝަންތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާގުޅޭ ކުއިޒްތަކާއި، ފޮޓޯ އަދި ވީޑިއޯ ހިމަނައިގެން މައުލޫމާތުދޭނެއެެވެ. އޭގެތެރޭގައި ރޮމެންޓިކް ގޭޓްވޭސްއާއި، ކަނޑުއަޑީގައި ރާއްޖޭގައި ކުރެވޭނެ ތަޖުރިބާތަކާއި އާއިލާއެކު ޗުއްޓީ ހޭދަކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އަލިއަޅުވާލާނެއެވެ.

އޭގެ އިތުރުން މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ރާވާލާފައިވާ އެއް އަހަރުގެ ތެރޭގައި ޓުއަރިޒްމޯ އެޓުއަލިޓާގެ ސޯޝަލް މީޑިއާ އަދި ވެބް ޕޭޖްތަކާއި ކޮންމެ މަހަކު ނެރޭ ނިއުސްލެޓާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އެގޮތުން ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ހޮޓެލްތަކާއި ލިވަބޯޑްތައް އިޝްތިހާރުކުރާނެ ކަމަށާއި މިއީ އިޓަލީގައި ރާއްޖޭގެ ބްރޭންޑް ވަރުގަދަކޮށް އިތުރު ޕްރޮޑަކްޓްތަކާއި ތަޖުރިބާތައް އެކިއެކި ޕްލެޓްފޯމްތަކުގައި ދައްކާލުމުގެ މަގުސަދުގައި ކުރިއަށްގެންދާ ކަމެއް ކަމަށް އެމްއެމްޕީއާރްސީން ފާހަގަކުރެއެވެ.

އިޓަލީ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުތަކުގެ ތެރެއިން އެންމެ ބޮޑު އެއް މާކެޓު ނަމަވެސް ކޮވިޑް-19ގެ ސަބަބުން އެގައުމުގެ ފަތުރުވެރިންނަށް ރާއްޖެ އައުމަށް މި ވަނީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް