Advertisement
ކ. މާލެ
|
4 ޖުލައި 2021 | އާދީއްތަ 11:32
ބ. ފުޅަދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން
ބ. ފުޅަދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން
އެމްޓީސީސީ
ބ. ފުޅަދޫ ބަނދަރު ތަރައްގީކުރުން
ފުޅަދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފި
މަސައްކަތުގެ 87 އިންސައްތަ މަސައްކަތް ވަނީ ނިމިފައި
މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތް
މި މަޝްރޫއުގެ އަގަކީ 48.29 މިލިއަން ރުފިޔާ

ބ. ފުޅަދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ ފުޅަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާ ކަަމަށެވެ. އެގޮތުން މިހާރު ބަނދަރުގެ 87 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ބޭރުތޮށިލުމުގެ މަސައްކަތް މިދިޔަ މަހުގެ 28 ގައި ފެށިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެއެވެ.

ފުޅަދޫ ބަނދަރުގެ މަސައްކަތްތައް ނިމުމާއެކު އެރަށުގެ ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. މިހާރު ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށް އެރަށުގެ ކައުންސިލުން ބުނެފައިވެއެވެ.

Advertisement

މި މަޝްރޫއުގެ ދަށުން 29،167.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުން ކުރުމާއި، 22694 މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 108 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުން ހިމެނެއެވެ. އަދި 302 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 233 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ އިތުރުން 588 ސްކެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ މޮބިލައިޒް ކުރެވިފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ޕްލޭނިންގް މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 48.29 މިލިއަން ރުފިޔާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް