ކ. މާލެ
|
4 ޖުލައި 2021 | އާދީއްތަ 09:54
އޭޕްރީލް 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އިންތިޚާބުގެ ތެރެއިން
އޭޕްރީލް 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އިންތިޚާބުގެ ތެރެއިން
ރާއްޖެ އެމްވީ
ޑަބްލިއު.ޑީ.ސީ އިންތިޚާބު
އޮގަސްޓް މަހު އޮންނަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބަށް އެއްވެސް ހުށަހެޅުމެއް އަދި ނުލިބޭ - އީސީ
11 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރުން އިންތިޚާބު ކުރާނެ

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށް އޮގަސްޓް މަހު ބާއްވާ އިންތިޚާބަށް މިހާތަނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެެވެ.

އެ ކޮމިޝަނުން ބުނީ 11 ރަށެއްގެ އިންތިޚާބު އޮގަސްޓް މަހުގެ 7 ވަނަ ދުވަހު އޮންނައިރު، ހދ. ނޮޅިވަރަމު، ހދ. ނޭކުރެންދޫ، ނ. ކެނދިކުޅުދޫ، ބ. ފުޅަދޫ، ކ. ދިއްފުށި، އއ. ފެރިދޫ، ވ. ރަކީދޫ، މ. ރަތްމަންދޫ އަދި ލ. މާބައިދޫގެ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު ހަމަވާނީ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. ހއ. ވަށަފަރުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ.

ހދ. ނޮޅިވަރަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އެކަކު، ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ދެ މެމްބަރުން، ނ. ކެނދިކުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ދެ މެމްބަރުން، ބ. ފުޅަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އެކަކު، ކ. ދިއްފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އެކަކު، އއ. ފެރިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 4 މެމްބަރުން، ވ. ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 5 މެމްބަރުން، މ. ރަތްމަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 5 މެމްބަރުން އަދި ލ. މާބައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އެއް މެމްބަރަކު އިންތިޚާބު ކުރަން ޖެހެއެވެެ. އަދި ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ވެސް އެކަކު އިންތިޚާބު ކުރަން ޖެހެއެވެ.

އަލަށް އިންތިޚާބުވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ހުވާކޮށް، މަގާމާ ހަވާލުވެފައިވަނީ 17 މެއި 2021 ގައެވެ.


Advertisement
- ކޮމެންޓް