ކ. މާލެ
|
2 ޖުލައި 2021 | ހުކުރު 11:31
އެމްއެމްއޭ
އެމްއެމްއޭ
ސަން އޮންލައިން
ދައުލަތުގެ ރިޒާވް
ރާއްޖޭގެ ރިޒާވް 900 މިލިއަން ޑޮލަރަށް އިތުރުވެއްޖެ
 
އަހަރުގެ ފުރަތަަމަ ހަތަރު މަހު ދައުލަތުގެ ރިޒާވް ހުރީ 800 މިލިއަން ޑޮލަރުގައި
 
މެއި މަސް ނިމުނު އިރު، ދައުލަތުގެ ރިޒާވް ވަނީ 926.1 މިލިއަން ޑޮލަރަށް އިތުރުވެފައި
 
މިއީ އޭޕްރިލް މަހު ރިޒާވްގައި ހުރި 878 މިލިއަން ޑޮލަރާއި އަޅާބަލާއިރު 48.1 މިލިއަން ޑޮލަރުގެ އިތުރުވުމެއް

ރާއްޖޭގެ ރިޒާވް 900 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭ އިން ކޮންމެ މަހެއް ނިމުމުން އާންމުކުރާ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މެއި މަސް ނިމުނު އިރު، ދައުލަތުގެ ރިޒާވް ވަނީ 926.1 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

ފާއިތުވި އަހަރު ނިމުނު އިރު ގްރޮސް އިންޓަނޭޝަނަލް ރިޒާވްގައި ހުރީ 984.8 މިލިއަން ޑޮލަރެވެ. މިއީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ގްރޮސް އިންޓަނޭޝަނަލް ރިޒާވްގައި ހުރި 753.5 މިލިއަން ޑޮލަރާއި އަޅާބަލާއިރު، 31 އިންސައްތައިގެ އިތުރުވުމެކެވެ. ނަމަވެސް މި އަހަރުގެ ޖެނުއަަރީ މަހު ރިޒާވްގައި ހުރި އަދަދު ވަނީ 800 މިލިއަން ޑޮލަރަށް ދަށްވެފައެވެ.

2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ދައުލަތުގެ ރިޒާވްގައި ހުރީ 830.7 މިލިއަން ޑޮލަރެެވެ. ފެބްރުއަރީ މަހު މި އަދަދު 855.7 މިލިއަން ޑޮލަރަށް އިތުރުވި ނަމަވެސް މާޗު މަހު މި އަދަދު ވަނީ 844.7 މިލިއަން ޑޮލަރަށް ދަށްވެފައެވެ. ރިޒާވްގެ އަދަދު އަނެއްކާވެސް އިތުރުވެފައި މި ވަނީ އޭޕްރިލް މަހުއެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރިލް މަސް ނިމުނު އިރު ދައުލަތުގެ ރިޒާވްގައި 878 މިލިއަން ޑޮލަރު ހުއްޓެއެވެ.

އަހަރުގެ ފުރަތަަމަ ހަތަރު މަހު ދައުލަތުގެ ރިޒާވް 800 މިލިއަން ޑޮލަރުގައި ހުރުމަށް ފަހު 900 މިލިއަން ޑޮލަރަށް އިތުރުވެފައި މިވަނީ މެއި މަހުއެވެ. މެއި މަހުގެ 926.1 މިލިއަން ޑޮލަރަކީ އޭޕްރިލް މަހު ރިޒާވްގައި ހުރި 878 މިލިއަން ޑޮލަރާއި އަޅާބަލާއިރު 48.1 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

މި ސަރުކާރުން ރާއްޖޭގެ ވެރިކަމާ ހަވާލުވެ، 2018 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރިޒާވްގައި 712 މިލިއަން ޑޮލަރު ހުރި ނަމަވެސް ބޭނުން ކުރެވެން ހުރީ އެންމެ 281 މިލިއަން ޑޮލަރުކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 2019 ވަނަ އަހަރު ރާއްޖޭގެ ރިޒާވް 753.3 މިލިއަން ޑޮލަރަށް އިތުރުވިއިރު، ޔޫޒަބަލް ރިޒާވް ވަނީ 315.8 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިއީ 2012 ވަނަ އަހަރުގެ ފަހުން، ރާއްޖޭގެ ޔޫޒަބަލް ރިޒަރވް މިހާ މައްޗަށް ޖެއްސުނު ފުރަތަމަ ފަހަރެވެ.

ކޮވިޑް-19 ބަލިމަޑުކަމާއެކު ވެސް ދައުލަތުގެ ރިޒާވަށް އުނިނުވާނެހެން ސަރުކާރުގެ މަސައްކަތްތައް ބައްޓަން ކުރުމަށް ހާއްސަ އިސްކަމެއްދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް