ކ. މާލެ
|
1 ޖުލައި 2021 | ބުރާސްފަތި 20:54
ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ބަލި މީހަކު ގެންދަނީ
ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ބަލި މީހަކު ގެންދަނީ
ރާއްޖެއެމްވީ
ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވުން
ކޮވިޑް ޖެހިގެން، ބުރާސްފަތި ދުވަހު 2ވަނަ މީހަކު ނިޔާވެއްޖެ
 
މިމީހާއަކީ ގދ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެއް
 
ނިޔާވެފައިވަނީ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެއް

ގދ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނީ ބުރާސްފަތި ދުވަހުގެ މެންދުރު 1:55 ގައި ނިޔާވެފައިވަނީ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިއީ ބުރާސްފަތި ދުވަހު ކޮވިޑް ބަލީގައި ނިޔާވި ދެވަނަ މީހާއެވެ. އަދި ރާއްޖެއިން މިބަލީގައި ނިޔާވި 213 ވަނަ މީހާއެވެ.

ބުރާސްފަތި ދުވަހުގެ ފަތިހު 4:55 ގައި ނިޔާވެފައިވަނީ ގއ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެކެވެ. އެއީ 81 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދިޔުމަށްފަހު މިހާރު ވަނީ ހާލަތު ރަނގަޅުވެފައެވެ. އެއާއެކު ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށްވެސް އަންނަނީ ލުއިތައް ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް