ކ. މާލެ
|
30 ޖޫން 2021 | ބުދަ 11:59
ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ
ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ
ރައްޔިތުންގެ މަޖިލިސް
އޮޑިޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު ހަމަޖެއްސުން
އޮޑިޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު ހަމަޖެއްސެވުމަށް ފޮނުއްވާފައިވާ މައްސަލަ ކޮމިޓީއަށް
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީ އިއްވާފައިވަނީ މަޖިލީހުގެ އަމީންއާންމު
އޮޑިޓަރ ޖެނެރަލްގެ މަގާމަށް ހަމަޖެއްސުމަށް ރައީސް ފޮނުއްވާފައިވަނީ ގ. އައިފަ، ހުސައިން ނިޔާޒީގެ ނަންފުޅު

އޮޑިޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ ޖަލްސާގައި އޮޑިޓް ގާނޫނުގެ 2 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އޮޑިޓަރ ޖެނެރަލްގެ މަގާމަށް ހުސައިން ނިޔާޒީ، ގ. އައިފަ، އައްޔަނު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީ އިއްވާފައިވަނީ މަޖިލީހުގެ އަމީންއާންމެވެ.

ސިޓީގައި ބުނީ އޮޑިޓް ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އޮޑިޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި، ހ. އާހަމަ ހަސަން ޒިޔާތު، އެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ، އެ ގާނޫނުގެ 2 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އާންމުކޮށް އިއުލާންކުރުމުން، އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ހުސައިން ނިޔާޒީ އައްޔަންކުރުމަށްޓަކައި އެބޭފުޅާގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވައި، މަޖިލީހުން ނިންމެވިގޮތް އަންގަވައި ދެއްވުމަށް އެދޭ ކަމަށެވެ.

އޮޑިޓަރ ޖެނެރަލްގެ މަގާމު ހުސްވެފައިވަނީ ބޮޑު ޚިޔާނާތުން މަންފާވިކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓުގައި އޮޑިޓަރ ޖެނެރަލް ކަމުގައި ހުންނެވި ހަސަން ޒިޔާތު ހިމެނިވަޑައިގެންފައިވާތީ އެ މަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުންނެވެ. ޒިޔާތު އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހުއެވެ.


Advertisement
- ކޮމެންޓް