ކ. މާލެ
|
30 ޖޫން 2021 | ބުދަ 11:20
މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ
މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ
މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
މެންބަރުން ހާޒިރުވެގެން މަޖިލީހުގެ ޖަލްސާތައް ބާއްވަން މަޝްވަރާ ކުރަނީ
އޮންލައިންކޮށް ޖަލްސާތައް ކުރިއަށްގެންދާ ގޮތަށް ނިންމާފައިވަނީ ފާއިތުވި މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެން
ޕެންޑަމިކްގެ ކުރީކޮޅު ވެސް މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިޔަ

ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހާޒިރުވެގެން ޖަލްސާތައް ބޭއްވުމަށް ހެލްތު މިނިސްޓަރާ މަޝްވަރާ ކުރަން ފަށައިފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް މަދުވުމާ ގުޅިގެން ސަރުކާރުން އަންގާރަ ދުވަހު ލުއިތަކެއް ދީފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ވެސް މެންބަރުން ހާޒިރު ވެގެން ބާއްވާ ގޮތަށް ހަމަޖެއްސުމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އަދި ކުރިއަށް އޮތް ހަފްތާގައި އެގޮތަށް ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އީވާ ވިދާޅުވީ މެންބަރުން ހާޒިރުވެގެން ޖަލްސާ ބޭއްވި ނަމަވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ކަނޑައަޅާފައިވާ ގަވާއިދުތަކާ އުސޫލުތަކަށް އަމަލުކުރަމުން ދާނެ ކަމަށެވެ. އެގޮތުން މާސްކު އެޅުމާއި އިޖުތިމާއީ ގައިދުރުކަން ބަހައްޓާނެ ކަމަށް ވިދާޅުވިއެވެ.

ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް ނިންމާފައިވަނީ ފާއިތުވި މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ. މިގޮތަށް ނިންމާފައިވަނީ ވެސް ހެލްތް މިނިސްޓަރ އަހްމަދު ނަސީމާ ވެސް މަޝްވަރާކުރުމަށް ފަހުގައެވެ. ޕެންޑަމިކްގެ ކުރީކޮޅު ވެސް މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިޔައެވެ.


Advertisement
- ކޮމެންޓް