ކ. މާލެ
|
29 ޖޫން 2021 | އަންގާރަ 18:31
ނޯރތު ހާބަރ
ނޯރތު ހާބަރ
ރާއްޖެއެމްވީ
ކަރަންޓީނުވުމަކާ ނުލައި ރަށަށް ދިއުން
ބަލިޖެހި ރަނގަޅުވެފައިވާ މީހުންނަށް، ކަރަންޓީނުވުމަކާ ނުލައި 60 ދުވަހުގެ ތެރޭގައި ރަށަށް ދެވޭނެ
 
ބައެއް ރަށްރަށުގައި ކަރަންޓީނުވާ މީހުން އުސޫލާ ޚިލާފުވުމާ ގުޅިގެން ފިޔަވަޅު އަޅާފައިވޭ
 
ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން ޖެހޭ

ކޮވިޑް-19 ޖެހުނުތާ ދެ މަސް ނުވާނަމަ ކަރަންޓީނުވުމަކާ ނުލައި ރަށަށް ދެވޭ ގޮތް ހަދައިފިއެވެ.

އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހުންނަށް، 60 ދުވަހުގެ ތެރޭގައި، ކަރަންޓީން ވުމަކާ ނުލައި އެރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މިގޮތަށް ހަމަޖައްސާފައިވާއިރު، ރާއްޖެއިން ޖުމްލަ 73،482 މީހުންވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު އާދީއްތަ ދުވަހު ހުރީ 3،883ގައެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން މިހާރު އަންނަނީ 27 މީހުންނަށެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 347 މީހުންނެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދުވަނީ 69،378އަށް އިތުރުވެފަ އެވެ.

މެއި މަހުގެ ކުރީކޮޅުން ފެށިގެން މާލެ ސަރަހައްދާއި މުޅި ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވެފައިވާއިރު، މެއި މަހުގެ ފަހު ހަފުތާއާ ޖެހެންދެން ވެސް 1،000ން މަތިން ކޮންމެ ދުވަހަކު ވެސް ކޭސްތައް ރިޕޯޓުކުރިއެވެ. އޭގެ ސަބަބުން މާލެ ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރީ މެއި މަހުގެ 26 ވަނަ ދުވަހުއެވެ. ކޭސްތައް މިހާރު ރިޕޯޓުކުރެވޭ މިންވަރު ވަރަށް ބޮޑުތަން މަދުވުމާއެކު ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

މާލެ ސަރަހައްދުން ރިޕޯޓު ކުރެވޭ މިންވަރު މަދުވިނަމަވެސް އަތޮޅުތެރޭގެ ރަށްތަކުން ކޭސްތައް ރިޕޯޓު ކުރެވޭ މިންވަރު އިތުރެއެވެ. އެގޮތުން ގިނަ ކޭސްތައް ފެނިފައިވާ ރަށްތަކުގައި ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވެއެވެ.

ކަރަންޓީންވުމަކާ ނުލައި ރަށަށް ދެވުނު ނަމަވެސް ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އިލްތިމާސްކޮށްފައެވެ. އާއްމު އުސޫލުން ނަމަ މާލެ ސަރަހައްދުން ދަތުރުކުރާ ކޮންމެ މީހަކު ވެސް 14 ދުވަހަށް ކަރަންޓީންވާން ޖެހެއެވެ. ނަމަވެސް ބައެއް ރަށްރަށުގައި ކަރަންޓީންވާ މީހުން އުސޫލާ ޚިލާފުވުމާގުޅިގެން ފިޔަވަޅު އަޅާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
25%
0%
0%
75%
0%
0%
ކޮމެންޓް