ކ. މާލެ
|
29 ޖޫން 2021 | އަންގާރަ 11:14
ހޮންކޮންގުން އިނގިރޭސިވިލާތަށް ދަތުރުކުރާ، ކެތީ ޕެސިފިކް އެއަރލައިންގެ ފްލައިޓެއް
ހޮންކޮންގުން އިނގިރޭސިވިލާތަށް ދަތުރުކުރާ، ކެތީ ޕެސިފިކް އެއަރލައިންގެ ފްލައިޓެއް
ޕޮލިސް
ޮހޮންކޮންގް
އިނގިރޭސިވިލާތުން ހޮންކޮންގަށްދާ ފްލައިޓްތައް ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމައިފި
 
ފްލައިޓް ހުއްޓާލަން ނިންމާފައިވަނީ، ޖުލައި 1 ވަނަ ދުވަހުން ފެށިގެން
 
މިއީ ފްލައިޓް ހުއްޓާލި ދެވަނަ ފަަހަރު

އިނގިރޭސިވިލާތުން ހޮންކޮންގަށް ދަތުރުކުރާ ފްލައިޓްތައް ވަގުތީ ގޮތުން ހުއްޓާލުމަށް އެ ގައުމުން ނިންމައިފިއެވެ.

ހޮންކޮންގުން މިގޮތަށް ނިންމީ އިނގިރޭސިވިލާތުގައި ޑެލްޓާ ވޭރިއަންޓް ފެތުރުން އިތުރުވުމާ ގުޅިގެންނެވެ. ފްލައިޓްތައް ހުއްޓާލުމަށް ނިންމާފައިވަނީ، ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ އިނގިރޭސިވިލާތުން އެގައުމަށް ދަތުރު ކުރުން ހުއްޓާލަން ނިންމި ދެވަނަ ފަހަރެވެ. މިއާއެކު އިނގިރޭސިވިލާތުގައި 2 ގަޑިއިރަށްވުރެ ގިނަ އިރުވާ މީހަކަށް އެއްވެސް އެއަރޕޯޓަކުން ހޮންކޮންގަށް ނުދެވޭނެ ކަމަށްވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތް މިހާރު ވެފައިވަނީ، ޔޫރަޕްގެ ގައުމުތަކުގެތެރެއިން އެންމެ ގިނަ ކޮވިޑް ކޭސްތައް ފެންނަ ގައުމަށެވެ. އަލަށް ފެންނަ ގިނަ ކޭސްތަކަކީ ޑެލްޓާ ވޭރިއަންޓެވެ.

ހޮންކޮންގުން ޑެލްޓާ ވޭރިއަންޓްގެ ކޭހެއް ރިޕޯޓުކޮށްފައިވަނި މިދިޔަ ހަފްތާގެ ތެރޭގައެވެ. މިއީ އެގައުމުން އައު ކޭހެއް ރިޕޯޓު ނުކުރާތާ 16 ދުވަސް ފަހުން ރިޕޯޓްކުރި ފުރަތަމަ ކޭހެވެ. ކޮވިޑް19އާ ގުޅިގެން 2020 ވަނަ އަހަރު ވެސް ހޮންކޮންގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެެ.

އެގައުމުން ބުނެފައިވަނީ އިނގިރޭސިވިލާތުން އައިސް ކަރަންޓީގައި ތިބޭ މީހުންގެ ފަރާތުން ޑެލްޓާ ވޭރިއަންޓް ފެންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް