ކ. މާލެ
|
28 ޖޫން 2021 | ހޯމަ 13:30
ޖެނީވާގައި ހުންނަވާ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅާ ފައިވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދު
ޖެނީވާގައި ހުންނަވާ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅާ ފައިވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދު
އޭޖީ އޮފީސް
މޮރޮކޯއަށް އައްޔަންކުރާ ނޮން ރެސިޑެންޓް ސަފީރު
މޮރޮކޯއަށް އައްޔަންކުރާ ނޮން ރެސިޑެންޓް ސަފީރު ކަމަށް ޑރ. އާސިމް ހަމަޖެއްސުމަށް ފާސްކޮށްފި
 
ޑރ. އާސިމް އެ މަގާމަށް ހަމަޖެއްސެވުމާމެދު ގޮތެއް ނިންމަވައިދެއްވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށްފައިވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން
 
މިކަން ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 53 މެންބަރުންގެ އިއްތިފާގުން

ދިވެހިރާއްޖެއިން ކިންގްޑަމް އޮފް މޮރޮކޯއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޑޮކްޓަރ އާސިމް އަހުމަދު ހަމަޖެއްސެވުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި މިކަން ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 53 މެންބަރުންގެ އިއްތިފާގުންނެވެ.

ދިވެހިރާއްޖެއިން ކިންގްޑަމް އޮފް މޮރޮކޯއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޑޮކްޓަރ އާސިމް އަހުމަދު ހަމަޖެއްސެވުމާމެދު ގޮތެއް ނިންމަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށްފައިވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.

މިކަމާ ގުޅިގެން ރައީސް ފޮނުއްވާފައިވާ ސިޓީގައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ ގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، ބޭރުގައުމުތަކަށް ރާއްޖެއިން ނޮން ރެޒިޑެންޓް ސަފީރުން ކަނޑައެޅުމަށްޓަކައި ޖެނީވާގައި ހުންނަވާ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅާ ފައިވާ ދާއިމީ މަންދޫބު، ގ. ފަރުކަނި، ޑޮކްޓަރ އާސިމް އަހުމަދު ކިންގްޑަމް އޮފް މޮރޮކޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް ހަމަޖެއްސެވުމަށް ގަސްތުކުރައްވާ ކަމަށެވެ. ވުމާއެކު އެމަނިކުފާނު އެ މަގާމަށް އައްޔަންކުރެއްވުމާމެދު ރައްޔިތުންގެ މަޖިލީހުން މަޝްވަރާ ކުރެއްވުމަށްފަހު ނިންމަވާ ގޮތެއް އަންގަވައި ދެއްވުމަށް އެދޭ ކަމަށެވެ.

ރައީސް ވަނީ މީގެ ކުރިން ވެސް އެކި ގައުމުތަަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަން ކުރުމަށް ގަސްތުކުރެއްވި ބޭފުޅުންނާ މެދު މަޖިލީހުގެ މަޝްވަރާ ހޯއްދަވާފައެވެ. މި މައްސަލަތައް ދިރާސާ ކުރުމަށް ފަހު މަޖިލީހުން ވަނީ ފަލަސްތީނުގެ އިތުރުން 13ށް ވުރެ ގިނަ ގައުމަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަން ކުރުމަށް ރުހުން ދީފައެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް