ކ. މާލެ
|
28 ޖޫން 2021 | ހޯމަ 08:16
އއ. އުކުޅަސް ބަނދަރު ތަރައްގީކުރުމުގެ ތެރެއިން
އއ. އުކުޅަސް ބަނދަރު ތަރައްގީކުރުމުގެ ތެރެއިން
އެމްޓީސީސީ
އުކުޅަސް ބަނދަރު ތަރައްގީކުރުން
އުކުޅަސް ބަނދަރު ތަރައްގީކުރުން: އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އަތުރަން ފަށައިފި
 
އުކުޅަހުގައި ހިންގާ މި މަޝްރޫޢަކީ 19.9 މިލިއަން ރުފިޔާގެ މަޝްރޫޢެއް
 
މި މަޝްރޫޢުގެ ދަށުން ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތް ޖޫން މަހުގެ މެދުތެރޭ ވަނީ ނިންމާލާފައި
 
އއ. އުކުޅަސް ބަނދަރުގެ ފެރީ ޓަރމިނަލް ތޮށި ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ފެބްރުއަރީ 24 ގައި

އއ. އުކުޅަސް ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އަތުރަން ފަށައިފިއެވެ.

އއ. އުކުޅަސް ބަނދަރުގެ ފެރީ ޓަރމިނަލް ތޮށި ހެދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ(އެމްޓީސީސީ) އާ ހަވާލުކުރީ 24 ފެބްރުއަރީ 2021 ގައެވެ. މި މަސައްކަތުގެ ދަށުން ކުރިން ފުންކޮށްފައިވާ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތް ޖޫން މަހުގެ މެދުތެރޭ ވަނީ ނިންމާލާފައެވެ.

އެމްޓީސީސީ އިން މައުލޫމާތު ދެއްވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން އުކުޅަހު ބަނދަރުގެ 19،630 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމުގެ އިތުރުން 31 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނޭ ކަމަށެވެ. އަދި އޭގެ އިތުރުން ވެސް 136 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 138.73 މީޓަރުގެ ޖެޓީއެއް ހެދުމާއި، އަދި 580 އަކަ މީޓަރުގެ ސަރަޙަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށެވެ. އަދި މިވަގުތު ކުރަމުންދަނީ އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ފަށާފައިވަނީ ޖޫން 26 ވަނަ ދުވަހުއެވެ.

އެމްޓީސީސީ އިން އުކުޅަހުގައި ހިންގާ މި މަޝްރޫޢަކީ 19.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް