ކ. މާލެ
|
28 ޖޫން 2021 | ހޯމަ 08:11
ވ. ފުލިދޫ ނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް އެރަށަށް ވަނީ ގެންގޮސްފައި
ވ. ފުލިދޫ ނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް އެރަށަށް ވަނީ ގެންގޮސްފައި
އެމްޓީސީސީ
ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުން
ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް!
 
މި މަޝްރޫއަކީ 16.94 މިލިއަން ރުފިޔާގެ މަޝްރޫއެއް
 
އެމްޓީސީސީއާ މަސައްކަތް ހަވާލުކުރީ މި ދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ގައި
 
ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ފުލިދޫއަށް ގެންގޮސްފައިވަނީ ޖޫން 27 ގައި

ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތައް ފަށައިފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި، އެމްޓީސީސީއިން ކުރި ޓުވީޓެއްގައި ވަނީ ޖޫން 24 ވަނަ ދުވަހު ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތައް ފަށައިގެން ކުރިއަށްދާކަން ހާމަކޮށްފައެވެ. އަދި އެ ކުންފުނިންވަނީ ޖޫން 27 ވަނަ ދުވަހު ފުލިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އެރަށަށް ގެންގޮސްފައެވެ.

މި މަޝްރޫއުގެ ދަށުން، 270 މީޓަރުގެ ބޭރުތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ލެވޭ ހިލަފައިކަށިތައް ލުމާއި، 12000 ކޮޑިމީޓަރުގެ ވެލި ގިރާފައިވާ ސަރަހައްދަށް އެޅުމަށް ވަނީ ހަމަޖެހިފައެވެ. 16.94 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މި ދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް