ކ. މާލެ
|
27 ޖޫން 2021 | އާދީއްތަ 22:29
މާލެ ނޯތް ހާބަރ ސަރަހައްދު
މާލެ ނޯތް ހާބަރ ސަރަހައްދު
އެމްޕީއެލް
ރާއްޖޭގެ ކޮވިޑްގެ ހާލަތު
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން ކޮވިޑް-19ށް ޕޮޒިޓިވްވީ 31 މީހުން
 
އަތޮޅުތެރެއިން ޕޮޒިޓިވްވެފައިވަނީ 157 މީހުން
 
ހޮނިހިރު ދުވަހު ރާއްޖެއިން ޕޮޒިޓިވްވީ 233 މީހުން
 
ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި ކޭސްތަކުގެ ޖުމްލަ އަދަދު 73،327ށް ވަނީ އަރާފައި

އާދިއްތަ ދުވަހު މާލެ ސަރަހައްދުން ކޮވިޑް-19ށް ޕޮޒިޓިވްވީ 31 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހުގެ އިރު އޮއްސި 6ން ފެށިގެން އާދިއްތަ ދުވަހުގެ އިރު އޮއްސި 6އާ ދެމެދު ނެގި 5،172 ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވީ 233 ސާމްޕަލްއެވެ. އެއީ މާލެ ސަރަހައްދުން 31 ސާމްޕަލްއާއި، އަތޮޅުތެރެއިން 157 ސާމްޕަލް އާއި، ރިސޯޓުތަކުން 45 ސާމްޕަލްގެ އިތުރަށް ލައިވް އެބޯޑްތަކުން ދެ ސާމްޕަލްއެވެ.

މިއާއެކު މުޅި ރާއްޖެއިން ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު 73،327ށް އަރާފައިވާއިރު، އޭގެ ތެރެއިން 69،031 މީހަކު ވަނީ ރަނގަޅުވެފައެވެ. މިވަގުތު 4،075 މީހަކަށް ފަރުވާދެމުން ދާއިރު، އޭގެ ތެރެއިން 29 މީހުންނަށް ފަރުވާދެމުން ދަނީ އެޑްމިޓްކޮށްގެންނެވެ. މިބަލީގައި ރާއްޖެއިން މިހާތަނަށް 209 މީހުން ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވާން ފަށާފައިވަނީ މިދިޔަ މެއިމަހުގެ ތެރޭގައެވެ. އެއާއެކު ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކަށްފަހު ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ މަދުވާން ފަށާފައެވެ. ޕޮޒިޓިވް ކޭސްތައް މަދުވާން ފެށުމާއެކު، ސަރުކާރުން ވަނީ ބައެއް ފިޔަވަޅުތަކަށް ލުއިދޭން ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް