ކ. މާލެ
|
27 ޖޫން 2021 | އާދީއްތަ 21:48
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެޑިއުކޭޝަން މިނިސްޓްރީ
ބުރުނީ ސްކޫލްގެ ކްލާސްރޫމް އިމާރާތް ކުރުން
ބުރުނީ ސްކޫލްގައި ހަދާ 6 ކްލާސްރޫމް 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެއްބަސްވެއްޖެ
 
މިއީ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް
 
މިމަސައްކަތް މުޅިން ނިމޭނެ ކަމަށް ވަނީ ލަފާކޮށްފައިވަނީ 2022ވަނަ އަހަރުގެ ޖޫން މަހު
 
މި މަސައްކަތް ހަވާލުކުރީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ

ތ.ބުރުނީ ސްކޫލްގައި 6 ކްލާސްރޫމް ހެދުމުގެ މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި އާދިއްތަ ދުވަހު ސޮއިކޮށްފައިވާ ކަމަށާއި، މި މަސައްކަތް ހަވާލުކުރީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ކަމަށެވެ.

މިއެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަޙުމަދު ރިޔާޒް އެވެ. މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ ފާތިމަތު އިމްތިސާލް ސަޢުދުﷲއެވެ.

ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މިމަޝްރޫއަށް 5,834,841.27 (ފަސް މިލިއަން އަށްލައްކަ ތިރީސް ހަތަރުހާސް އަށްސަތޭކަ ސާޅީސް އެއް ރުފިޔާ ހަތާވީސް ލާރި) ހަރަދުވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިމަސައްކަތް މުޅިން ނިމޭނީ 2022ވަނަ އަހަރުގެ ޖޫން މަހު ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި